logoEN
Sto top
މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅުނު ސޮސިއެޑާޑް ބަލިކޮށް ބާސެލޯނާ އެއްވަނައަށް

މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅުނު ސޮސިއެޑާޑް ބަލިކޮށް ބާސެލޯނާ އެއްވަނައަށް

ހަސަން ޝަމްއޫން

logo

3/2/2025, 5:20:45 PM

# ރެއާލް ސޮސިއެޑާޑް # ބާސެލޯނާ# ސްޕެނިޝް ލަ ލީގާ# ދިވެހި ކުޅިވަރު

ބާސެލޯނާ އާއި ރެއާލް ސޮސިއެޑާޑް ވާދަކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގައި މިރޭ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަަނައަށް ކުރިއަށްޖެހިލައިފި އެވެ.

Wamco

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ލަސް ޕަމާސް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ސޮސިއެޑާޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ލެގަނެސް ބަލިކޮށްފައެވެ.އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސޮސިއެޑާޑް އިންނެވެ.

މެޗުގެ ފުރަތަމަ ހާފު ފެށިގެން މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓް ކުރަމުންދަނިކޮށް ރެއާލް ސޮސިއެޑާޑަށް އިތުރު މައްސަލަތަކެއްް ކުރިމަތިވީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އެޓީމު ޑިފެންޑަރު އެރިޓްޒް އެލުސްޓަންޑޯއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހުމުންނެވެ.

މިމެޗުގައި ބާސެލޯނާ އިން ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޖެރާޑް މާޓިން އެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ޒުވާން މިޑްފީލްޑަރު މާކް ކަސާޑޯ އެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާ އިން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު ފަހުހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރައުލް އަރައުހޯ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ރޮބަޓް ލެވަންޑޮސްކީ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 26 މެޗުން ބާސެލޯނާއަށް 57 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ރެއާލް ސޮސިއެޑާޑަށް 26 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ނުވަވަނައިގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside