logoEN
Sto top
ލޯންޗު އަޑިޔަށްދިޔަ ހާދިސާގައި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ސީޕީގެ ޝުކުރު!

ލޯންޗު އަޑިޔަށްދިޔަ ހާދިސާގައި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ސީޕީގެ ޝުކުރު!

އަހުމަދު ޝުރާއު

logo

3/2/2025, 5:10:32 PM

# ސީޕީ# ދިވެހި ފުލުހުންގެ ޙިދުމަތް

--

މިއަދު ހެނދުނު މަހިބަދޫ އާއި ދިގުރަށާ ދެމެދު "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން މީހުން ސަލާމަތްކުރުމަށް ހިންގުނު އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ގުޅުއްވައި ޝުކުރު އަދާކުރައްވައިފިއެވެ.

Wamco

ދިގުރަށަށުން މާލެއަށް ދަތުރުކުރަމުންދިޔަ މި އުޅަނދުގައި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ދަތުރު ކުރިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:57 ގައެވެ.

ޑެޕިއުޓީ ކޮމިޝަނަރުންކަމުގައިވާ އިސްމާޢީލް ނަވީން އަދި ފަރުހާދު ފިކުރީ ވެސް މި ފޯނު ކޯލުގައި ބައިވެރިވެ، އޮފިސަރުންގެ އަވަސް އަދި ހަރުދަނާ މަސައްކަތަކަށް ތައުރީފުކުރެއްވިއެވެ. ކޮމިޝަނަރ ޝުޖާޢު، ހާއްސަކޮށް ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކެވި ނަމޫނާއަށް ޝުކުރު އަދާކުރައްވައި އެ މަސައްކަތާމެދު ފަހުރުވެރިވާކަމަށް ވިދާޅުވިއެވެ. އަދި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި، ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގައި ކޮށްފައިވާ މަސައްކަތްވެސް ފާހަގަކުރެއްވިއެވެ.

މި އޮޕަރޭޝަންގެ ނާޒުކުކަން ފާހަގަކުރައްވައި، ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީ ވިދާޅުވީ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ އަވަސް ނިންމުންތަކަކީ އެފަރާތްތަކުގެ ތައްޔާރީ އަދި އިހުލާސްތެރި މަސައްކަތުގެ ހެއްކެއްކަމުގައެވެ. ޑެޕިއުޓީ ކޮމިޝަނަރ އިސްމާޢީލް ނަވީން، 4 ކުޑަކުދިން ހިމެނޭ ގޮތަށް އުޅަނދުގައި ތިބި 48 މީހުން ރައްކާތެރިކަމާއެކު ސަލާމަތްކުރެވުނު މި އޮޕަރޭޝަންގެ ކޯޑިނޭޝަން ވަރަށް ރަނގަޅަށް ގޮސްފައިވާކަން ފާހަގަކުރައްވައި މަސައްކަތަށް ތައުރީފުކުރެއްވިއެވެ.

މި އޮޕަރޭޝަންގައި އާންމު ރައްޔިތުންގެ ދައުރު ފާހަގަކުރައްވައި، މީހުން ދިގުރަށަށް އަނބުރާ ގެންދިއުމުގައި އެހީތެރިވި ލޯންޗެއް ފާހަގަކުރައްވައި ރީޖަން ކޮމާންޑަރ އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މި ހާދިސާގެ ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފަށާފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside