logoEN
WAMCO TOP 1
މޫސުން ގޯސްވުމާ ގުޅިގެން ބްރިޖުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

މޫސުން ގޯސްވުމާ ގުޅިގެން ބްރިޖުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

# ދިވެހި ފުލުހުންގެ ޙިދުމަތް# ސިނަމާލެ ބުރިޖު# މޫސުމާއިބެހޭ ގައުމީ އިދާރާ# މޫސުން

ސިނަމާލެ ބްރިޖު

މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސްވެ، ވައިގަދަ ދުވަސްވަރެއް ކަމަށް ވާތީ، ސިނަމާލެ ބްރިޖާއި ހައިވޭ ބޭނުންކުރާ އެންމެހައި ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

THE TRAVELLER AD

މޫސުމީ ބަދަލުތަކުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް މި އިރުޝާދުތަކަށް އަމަލުކުރުން މުހިންމެވެ.

އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ބްރިޖުން ދަތުރުކުރާ އަންހެން ބޭފުޅުންގެ ތެރެއިން ބުރުގާ އަޅުއްވާ ފަރާތްތަކުން، ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން، ވިއްސާރަ ކޯޓު ބޭނުންކުރައްވާ ފަރާތްތަކުން ވައިގެ ތެރޭގައި ފަސޭހައިން ވަކިވެގެން ނުދާނެ ފަދަ ރަނގަޅު ފެންވަރުގެ ކޯޓެއް ބޭނުންކުރުމަށް ވެސް ވަނީ އެދިފައެވެ.

ވައި ގަދަވާ ގަޑިތަކުގައި އުޅަނދު ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ދުވެލި ބެހެއްޓުމަކީ މަގުމަތީގެ ސަލާމަތަށް ނުހަނު މުހިންމު ކަމެކެވެ. އެހެންކަމުން، ހުރިހާ ދުއްވާ އެއްޗެއްސެއްގެ ވެސް ދުވެލި މަޑުކޮށް، އުޅަނދު ކޮންޓްރޯލް ކުރެވޭނެ ހާލަތެއްގައި ބެހެއްޓުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.

ވިއްސާރަވެ ފެންނަ މިންވަރު ކުޑަވާ ވަގުތުތަކުގައި، އުޅަނދުގެ ހެޑްލައިޓު އަދި ޓެއިލްލައިޓު ދިއްލާފައި ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. މިއީ ކުރިމަތިންނާއި ފަހަތުން އަންނަ އުޅަނދުތަކަށް ތިމާ ދުއްވާ އުޅަނދު ސާފުކޮށް ފެންނާނެހެން ބެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ދުވަސްވަރަކީ ކަނޑާއި އެއްގަމު ދަތުރުފަތުރަށް ވެސް ބުރޫއަރާ ފަދަ މޫސުމީ ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރަކަށް ވާތީ، ބްރިޖާއި ހައިވޭ ބޭނުންކުރައްވާ އެންމެހައި ފަރާތްތަކުން މިކަންކަމަށް ފުރިހަމައަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC