logoEN
Sto top
ހުޅުމާލެ ސަހަރާއިން އަދިވެސް ފެންނުހިނދޭ: މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފި

ހުޅުމާލެ ސަހަރާއިން އަދިވެސް ފެންނުހިނދޭ: މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފި

އަހުމަދު ޝުރާއު

logo

3/2/2025, 10:32:30 AM

# ހުޅުމާލެ# މާލެ ސިޓީ ކައުންސިލް

--

މާލެ ސަރަހައްދަށް އިއްޔެއިން ފެށިގެން ކުރަމުން އަންނަ ބޯ ވިއްސާރަާއާއި އެކު ހުޅުމާލޭ ސަހަރާގައި ވަރަށް ބޮޑަށް ފެންބޮޑުވެ މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

Wamco

މާލެ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ވަގުތަށް ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލެވޭކަށެއް ނެތް ކަމަށާއި ސަބަބަކީ ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުން ކަމަށެވެ.

މިއާއި އެކު މިއަދު މަޢްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާއަށް ބަދަލު ކުރެވިފައި ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައި އެވެ.

މާލެ ސިޓީއަށް ބޯކޮށް ވިއްސާރަވެހޭ ކޮންމެ ފަހަރަކުވެސް ހުޅުމާލެ ސަހަރާގައި ފެންބޮޑުވެއެވެ. ނަމަވެސް މި މައްސަލައަށް އަދިވެސް އެދެވޭ ހައްލެއް ގެނެވިފައި ނުވެއެވެ.

މެދުރާއްޖެ ތެރެއަށް އިއްޔެ ކުރި ވިއްސާރާގައި ހުޅުމާޅޭގައިވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައި ވެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside