logoEN
Sto top
އެސްޓީއޯއިން ލޮނުމެދު ބާޒާރަށް ނެރެފި: ކިލޯއެއް 45 އަށް!

އެސްޓީއޯއިން ލޮނުމެދު ބާޒާރަށް ނެރެފި: ކިލޯއެއް 45 އަށް!

އަހުމަދު ޝުރާއު

logo

3/2/2025, 8:48:45 AM

# އެސްޓީއޯ

--

ރަމަޟާން މަހާއި ދިމާކޮށް އެސްޓީއޯއިން ރާއްޖެއަށް ގެންނަމުންދާ މުދަލުގެ ތެރެއިން ލޮނުމެދު ރާއްޖެ ގެނެސް ބާޒާރަށް ނެރެފި އެވެ.

Wamco

އެސްޓީއޯއިން އިއްޔެ ބުނީ ލޮނުމެދު މިހާރު ބާޒާރަށް ނެރެފައިވާ ކަމަށާއި ލޮނުމެދު މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 45 ރުފިޔާއަށް ކިލޯއެއް ކަމަށެވެ. އަދި ލޮނުމެދު ލިބެންހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިން ކަމަށްވެސް ވަނީ ހާމަކޮށްފައި އެވެ.

ރަމަޟާން މަހަށް ޚާއްޞަކޮށް އެސްޓީއޯއިން އިމްޕޯޓްކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. މި ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ. ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެކެވެ. އަދި މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކޮށްގެންނެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާގުޅިގެން އެސްޓީއޯއިން ވިއްކާއަގަށްވެސް ބަދަލު ގެނެވޭނެއެވެ.

ހުޅުމާލޭ ހޮޓާ ހޯލްސޭލް ސައިޓް މި ރަމަޟާން މަހަށް ހާއްސަ ކޮއްގެން މި ސްޓޭޝަން ކުރެވިފައިވަނީ ހުޅުމާލޭ ފިހާރަތަކަށް މުދާ ފަސޭހަލުން ލިބޭނޭގޮތް ހަދައިދިނުމަށެވެ. އަދި އާންމުންނަށް މެދު ނުކެނޑި ލިބެން ހުންނާނޭ ގޮތް މަގުފަހި ކޮއްދިނުމަށެވެ.

އެސްޓީއޯއިން މިހާރު ވަނީ ން ރަމަޟާން މަހަށްވާ ހާއްސަ ކޮއްގެން ފިޔާ، ބިސް، އަދި އަލުވި އަގުހެޔޮ ކޮށްފައި އެވެ. މިއީ ބާޒާރުގެ އަގުތަކަށް އަންނަ ހެޔޮބަދަލާ ގުޅިގެން މި ތަކެތީގެ އަގަށް ބަދަލު ގެނައި 4 ވަަނަ ފަހަރެވެ.

  1. ފިޔާ: ބަސްތާއެއް 335 ރުފިޔާ، ވަކިން ކިލޯއެއް 14 ރުފިޔާ
  2. ބިސް: ކޭހެއް 350 އަށް، ވަކިން 2 ރުފިޔާ
  3. އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، ކިލޯއެއް 25 ރިފިޔާއަށް

ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:

އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު

ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް

ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކްޑް ބީންސް، ގެރިކިރު ދަޅު

ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތީ ހަނޑޫ

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside