logoEN
Sto top
އަގުމަގު ޕޯޓަލް: އަގުހެޔޮކޮށް ތަކެތި ލިބެންހުރި ފިހާރަތައް އެނގޭނެ ޕޯޓަލްއެއް!

އަގުމަގު ޕޯޓަލް: އަގުހެޔޮކޮށް ތަކެތި ލިބެންހުރި ފިހާރަތައް އެނގޭނެ ޕޯޓަލްއެއް!

އަހުމަދު ޝުރާއު

logo

3/1/2025, 6:25:58 AM

# އެކޮނޮމިކް މިނިސްޓްރީ

--

މި ރޯދަ މަހު ބާޒާރުގައި ތަކެތި އެންމެ އަގުހެޔޮކޮށް ލިބެން ހުރި ފިހާރަތައް އެނގޭނެ "އަގުމަގު" ޕޯޓަލް ލޯންޗުކޮށްފި އެވެ.

Wamco

އިއްޔެ މި ޕޯޓަލް ލޯންޗުކޮށްދިނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ ސިޔާސަތުތަކެއް ތަންފީޒުކުރަމުންދާ ކަން ފާހަގަކޮށް އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕޯޓަލް އަކީ ވެސް އެ ސިޔާސަތުގެ ދަށުން އެކުލަވާލި ޕޯޓަލްއެއް ކަމަށާއި މި ޕޯޓަލް މެދުވެރިކޮށް އަސާސީ ކާބޯތަކެތީގެ ހެޔޮ އަގުތައް އެއްތަނަކުން ފެންނަން ހުންނާނެކަމަށެވެ. އަދި މި ޕޯޓަލުން ފެންނަން ހުންނާނެ އަގުތަކަކީ އިކޮނޮމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމްތަކުން ކޮންމެ ހަފްތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށް ގޮސް އެއްކުރާ މައުލޫމާތުގެ މައްޗަށް ހިމަނާފައިވާ އަގުތަކެއް ކަމަށްވެސް ފާހަގަކުރެއެވެ.

މިނިސްޓްރީން ބުނީ މި ޕޯޓަލްގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތި ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށެވެ.

މިވަގުތު މި ލިސްޓުގައި ހިމަނަން އަގުތައް މޮނީޓާ ކުރަމުން އަންނަނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މި މަސައްކަތް އަތޮޅުތެރޭގެ ރަށްތަކަށް ވެސް މި މަސައްކަތް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside