
ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ވިޔަފާެރީގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް ޔޫއެންޑީޕީއާއި އެކު އެއްބަސްވުމެއް!
# އެކޮނޮމިކް މިނިސްޓްރީ--
ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ޢިޤްތިޞާދީ ވުޒާރާގައި ބޭއްވުނު ރަސްމިޔާތުގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދީ ތަފާތުކުރުމާއި، އެކްސްޕޯޓް ކުރިއެރުވުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމެވެ. މީގެ އިތުރުން އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް އިސްކަންދެވޭނެ ކަމަށް އެކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އަދި މި އެއްބަސްުވުމުގެ ސަބަބުން ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް އަދި ކުރިއަށް އޮތްތަނުގައި ވެވޭނެ ތުރުކީ-މޯލްޑިވްސް ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް ފަދަ ވިޔަފާރީގެ އެއްބަސްވުންތަކުގެ ބޭނުން ރަނގަޅަށް ހިފުމަށް މަގުފަހިވެގެންދާނެކަންވެސް ވަނީ ފާހަގަކޮށްފައި އެވެ.
އެކޮނޮމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ އެޖެންޑާގެ ދަށުން ބައިނަލް އަޤްވާމީ ވިޔަފާރިއާ އެކްސްޕޯޓް އިތުރުކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށާއި މިއީ ދިވެހިރާއްޖެއަކީ ވިލުންވެރި، ހަރުދަނާ އިޤްތިޞާދެއްގެ މައްޗަށް ބިނާވެފައިވާ އަދި ދުނިޔޭގެ ބާޒާރަށް ހުޅުވާލެވިފައިވާ އިޤްތިޞާދަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ދިވެހި ވިޔަފާރި ތަކަށް އަދި ވަކިން ޚާއްޞަކޮށް އެކްސްޕޯޓް ވިޔަފާރިތަކަށް، ހަޤީޤީ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް، ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.
ގުޅުންހުރި

ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ވިޔަފާެރީގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް ޔޫއެންޑީޕީއާއި އެކު އެއްބަސްވުމެއް!

ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ފަރާތްތަކަށް ޚާއްސަ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފި

ތުރުކީއާއި އެކު އިޤްތިޞާދީ ގުޅުން ހަރުދަނާކުރުމަށް އެގައުމުގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށްފި
