logoEN
PNC TOP 3
ދިވެހި އުފެއްދުންތައް މާކެޓް ކުރުމަށް 'އިންޑަސްޓްރީ އެކްސްޕޯ 2025' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި އުފެއްދުންތައް މާކެޓް ކުރުމަށް 'އިންޑަސްޓްރީ އެކްސްޕޯ 2025' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

7/18/2025, 9:11:14 AM

# އެކޮނޮމިކް މިނިސްޓްރީ

-

ދިވެހި އުފެއްދުންތައް މާކެޓް ކުރުމަށް 'އިންޑަސްޓްރީ އެކްސްޕޯ 2025' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

PNC MID 2

އެކޮނޮމިކް މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ބުނީ މި އަހަރު ސެޕްޓެންބަރ މަހުގެ 18 އިން 21 އަށް ސްރީ ލަންކާގެ ކޮލޮންބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 'އިންޑަސްޓްރީ އެކްސްޕޯ 2025' ގައި ދިވެހި އުފެއްދުންތައް އެގްޒިބިޓް ކުރުމާއި، ގަނެ ވިއްކުމުގެ ފުރުޞަތު ދިވެހި ވިޔަފާރިވެރިންނަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި އެކްސްޕޯއަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް ބައިނަލްއަޤްވާމީ ފެންވަރެއްގައި އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށާއި މީގެ ސަބަބުން ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤްވާމީ މާކެޓްތަކުން ޖާގަ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމާއި، އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު، މި އެކްސްޕޯ އިންތިޒާމުކުރާ ފަރާތުގެ ރަސްމީ ވެބްސައިޓް(idb.gov.lk) އިން ލިބިވަޑައިގަންނަވާނެއެވެ. ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މި އެކްސްޕޯއަށް ރަޖިސްޓަރ ކުރައްވާނީވެސް މި ވެބްސައިޓު މެދުވެރިކޮށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC