
ތުރުކީގައި އޮންނަ ވޯލްޑް ހަލާލް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށްވެސް!
# އެކޮނޮމިކް މިނިސްޓްރީ-
1 ވަނަ ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެކޮނޮމިކް މިނިސްޓްރީން ބުނީ ތުރުކީގެ އިސްތާންބުލްގައި ނޮވެމްބަރު މަހުގެ 26 އިން 29 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 11 ވަނަ "ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025" ގައި، ދިވެހި އުފެއްދުންތައް އެގްޒިބިޓްކޮށް ގަނެވިއްކުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލާފައިވާ ކަމަށެވެ.
މި އެކްސްޕޯގައި ދިވެހި ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ، ދިވެހިރާއްޖޭގައި އުފައްދާ ހަލާލް އުފެއްދުންތައް ބައިނަލްއަޤްވާމީ ފެންވަރެއްގައި އިޝްތިހާރުކޮށް، މާކެޓް ކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި މިއީ ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤްވާމީ މާކެޓް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި މި އެކްސްޕޯއަކީ ހަލާލް ސިނާއަތުގެ ދުނިޔޭގެ އެންމެ ބޮޑު އެއް މައުރަޒު ކަމަށް ވެފައި، މިތަނުން ދިވެހި ވިޔަފާރިތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
މި އެކްސްޕޯގައި ބައިވެރިވުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމާއި، އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު helalexpo.com.tr އިން ލިބިވަޑައިގަންނަވާނެއެވެ.
މި އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގެންނަވާނެއެވެ.
ގުޅުންހުރި

ޕޭޕަލް ރާއްޖެ ގެނެވޭގޮތް ވުމަކީ އީޖާދީ ޑިޖިޓަލް މާލީ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް!
ރާއްޖޭގައި އިންވެސްޓްކުރުމަށް އަލަށް އެކުލަވާލި އުސޫލުން ދިވެހީންނަށް ފަހި އިޤްތިޞާދީ ފުރުޞަތުތަކެއް!

ކުޅުދުއްފުށީގައި ފަންނުވެރި އެކިމަސައްކަތްކުރާ ބައެއް ފަރާތްތަކާއި ވިޔަފާރިވެރިންނާއި މިނިސްޓަރު ސައީދު ބައްދަލުކުރައްވައިފި
