logoEN
Sto top
ދެކުނަށް މޫސުން ގޯސް: ހުދު ސަމާލު ނެރެފި

ދެކުނަށް މޫސުން ގޯސް: ހުދު ސަމާލު ނެރެފި

އަހުމަދު ޝުރާއު

logo

3/1/2025, 6:22:22 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި އެކު ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިއަދުގެ 17:00 ގެ ނިޔަލަށެވެ.

އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި އެވެ.

ރާއްޖެއިން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން ފާއިތުވި ދެދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލުވެސް ނެރެފައިވެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside