logoEN
Sto top
ގާފު ރެސިޕީ : ބްލޫބެރީ ކްރަމްބަލް ބާރސް!

ގާފު ރެސިޕީ : ބްލޫބެރީ ކްރަމްބަލް ބާރސް!

ސާރާ އަހުމަދު

logo

3/1/2025, 6:08:00 AM

# ގާފު ރެސިޕީ# ރޯދަ1446

--

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

Wamco

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީއިން ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ރެސިޕީއެއްގެ ގޮތުގައި ގެނެސްމިދެނީ ބްލޫބެރީ ކްރަމްބަލް ބާއެވެ.

ބްލޫބެރީ ކްރަމްބަލް ބާރސް ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:

  • އެއް ޖޯޑު ބްލޫބެރީ
  • ލުނބޯ
  • 1.5 މޭޒަމުތީ ސަމުސާ ކޯރންސްޓާޗް
  • 1 ⅔ ޖޯޑު ފުށް
  • 1 ޖޯޑު އޯޓްސް
  • ¾ ޖޯޑު ޕައުޑާރޑް ޝުގަރ
  • 1 ލެމަން ޒެސްޓް
  • ¾ ޖޯޑު ބަޓަރ (މެލްޓްކޮށްފައި)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބްލޫބެރީތަކުގެ ތެރެއަށް ލުނބޯހުތް އަދ ކޯރންސްޓާޗް އަޅާލާފައި އެއްކޮށްލާށެވެ.

ދެން ވަކިން ތައްޓެއްގައި ފުށް, އޯޓްސް, ޕައުޑާރޑް ޝުގަރ އަދި ލެމަން ޒެސްޓް އެއްކޮށްލާށެވެ. އަދި އެއަށް މެލްޓްކޮށްފައި ހުރި ބަޓަރ އަޅާފައި އެއްކޮށްލާށެވެ. ރަނގަޅަށް ހުރިހާ އެށްޗެއް އެއްވުމުން އޭގެ ⅔ ބައި ޓްރޭއަކަށް އަޅާށެވެ. ރީތިކޮށް އެއްވަރުކޮށްލާފައި އޭގެ މައްޗަށް ބްލޫބެރީ އަޅާށެވެ. ދެން ބާކީ ހުރި ކްރަމްބަލް އަޅާަފައި 350F ގައި 45 މިނިޓަށް ފިހެލާށެވެ.

މިހާރު މިހިރީ ބްލޫބެރީ ކްރަމްބަލް ބާރސް ތައްޔާރުކުރެވިފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside