
--
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ދަތުރުވެރިންގެ މާރުކޭޓަށް ޒިޔާރަތްކުރައްވައިފިއެވެ.

ވަޒީރު ގެ މިޒިޔާރަތުގައި ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހި ދަންޑުވެރިން އުފައްދާ ތަކެތި ހުރީ ކިހާމިންވަރަކަށްތޯ ވަނީ ބައްލަވާފައެވެ. އަދި އެތަކެތި މާރުކޭޓަށް ގެނައުމުގެ ކަންކަން ކުރިޔަށްދާގޮތްވެސް ވަނީ އޮޅުންފިލުވާފައެވެ.
ވަޒީރުގެ މި ޒިޔާރަތުގައި މާރުކޭޓްގައި ތަކެތި ވިއްކުމަށް ތިބި ބައެއް ދަނޑުވެރިންނާއި، ދިވެހި ދަނދުވެރިން އުފައްދާ ތަކެތި މާލެ ގެނެސް މާރުކެޓްގައި ވިއްކާ ބައެއް ފަރާތްތަކާއި ބައްދަލުކުރައްވާ، އެފަރާތްތަކުގެ ކަންބޮޑުވުންތައް ވަނީ އަޑު އައްސަވާފައެވެ. އަދި ދިވެހި ދަނޑުތަކުގައި އުފައްދާ ތަކެތި މާކެޓްކުރުމުގައި ހުރި ގޮންޖެހުންތަާއި ގުޅޭގޮތުން އެފަރާތްތަކުގެ މަޝްވަރާ އާއި ޙިޔާލުތައްވެސް ވަޒީރުވަނީ އަޑު އައްސަވާފައެެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމާއި، ޤައުމުގައި ކާބޯތަކެތީގެ ޔަޤީކަން ކަށަވަރުކުރުމަކީ އެ ވުޒާރާގެ އަމާޒެވެ.
ގުޅުންހުރި

ރޯދަމަހަށް ދިވެހި ދަނޑުވެރިންގެ ވަގުތީ މާރުކޭޓެއް މާލެ ސަރަހައްދުގައި ގާއިމްކުރަނީ

އެމްގެޕް ސްޓޭންޑަރޑަށް ދަނޑުވެރިން އަހުލުވެރި ކުރުމަށް ވޯކްޝޮޕެއް ބާއްވަނީ

ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ތަނެއް ގާއިމް ކުރަނީ





