logoEN
Sto top
 "އޮޅު ހިޔާ" ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ހަވާލުކޮށްފި

"އޮޅު ހިޔާ" ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

2/27/2025, 4:38:24 AM

# މާލެ ސިޓީ ކައުންސިލް

--

"އޮޅު ހިޔާ" ފެސިލިޓީގެ ރަސްމީ ހުރިހާ ލިޔެކިއުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފަރ ގެ މަސައްކަތް ނިމުމަށް ފަހު، މާލެ ސިޓީ ކައުންސިލުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި އެ ފެސިލިޓީ ރަސްމީކޮށް ހަވާލު ކޮށްފި އެވެ.

Wamco

އޮޅު ހިޔާ ފެސިލިޓީ އަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ތައްޔާރުކުރި ފެސިލިޓީއެކެވެ.

މި ފެސިލިޓީ އެ ވުޒާރާ އާއި މާލޭ ސިޓީ ކައުންސިލުން ހަވާލުކުރުމުގެ ރަސްމީ އެއްބަސްވުމުގައި މި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަލީ ޞަފްވާން އިބްރާހިމް އެވެ. އަދި މާލެ ސިޓީގެ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ސެކެޓްރީ ޖެނެރަލް އިބްރާހިމް ރަޝީދެވެ.

ޕެޓް ކެއަރ ފެސިލިޓީ ނުވަތަ އޮޅު ހިޔާ ތަރައްޤީ ކުރީ އެ ވުޒާރާއިން މާލެ ސިޓީކައުންސިލާއި ހަވާލުކޮށްގެންނެވެ. ފެސިލިޓީ ތަރައްޤީކޮށް ރަސްމީކޮށް ހުޅުވިނަމަވެސް އެ ފެސިލިޓީގެ ޚިދުމަތް މިއަދާ ހަމައަށްވެސް ފެށިފައި ނުވަނީ، މިނިސްޓްރީން ދީފަައިވައި، ގައިޑްލައި އާއި އެއްގޮތަށް ވަސީލަތްތައް ކުރެވިފައި ނުވާތީއެވެ. އަދި މީގެ އިތުރުން ވެޓްރިނަރީ ލައިސަންސް ލިބިފައިނުވުމާއި، ޑޮކްޓަރުންނާއި ނަރުހުން ވެސް ނަގާފައިނުވާތީކަން ފާހަގަކުރަމެވެ.

އޮޅުހިޔާ ފެސިލިޓީ އެ ވުޒާރާ އާއި ހަވާލުކޮށްދިނުމަށް އެދިވުޒާއިން މިދިޔަ ޑިސެންބަރގައި މާލެ ސިޓީކައުންސިލްގައި ވަނީ އެދިފައެވެ. އެެހެންނަމަވެސް އެ އިދާރާއިން އެދެވޭ ޖަވާބެއް ލިބިފައެއްނުވެއެވެ. މި މުއްދަތުގަައި ފެސިލިޓީގެ އެސެޓް ޓްރާންސްފަރ ހެދުމަށާއި، އިންވެންޓްރީ ލިސްޓް ދިނުމަށް މި ވުޒާރާއިން 3 ފަހަރެއްގެ މަތީން ސިޓީއިން އެދިފައިވެއެވެ. އަދި އެސެޓް ޓްރާންސްފަރ ހެދި، އިންވެންޓްރީ ހެދިފައިވަނީ މި ފެބްރުއަރީމަހުގެ މެދުތެރޭގައެވެ.

އެ ވުޒާރާ އާއި އޮޅު ހިޔާ ހަވާލުކުރުމާއި ގުޅިގެން ވީ އެންމެ އަވަހަކަށް އެތަނުގެ ޚިދުމަތްތައް ފެށުމުގެ މަސައްކަތްތައް މިވުޒާރާ އިން ދަނީ ކުރަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside