
މާލޭގެ ފެންހިންދުމަށް ސިޓީ ކައުންސިލުން ގެނައި ޕަމްޕުތައް ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނިންމައިފި
# މާލެ ސިޓީ ކައުންސިލް--
މާލެ ސިޓީ ކައުންސިލުން، މާލޭގައި ފެންހިންދުމަށް ގެނެސްފައިވާ (ދަ ގްލޯބަލް ޕަމްޕް 6ޖީއެސްޓީ ސީ މޫވްމަންޓު) ދެ ޕަމްޕް މިނިސްޓްރީ އޮފް ޑިފެންސްގެ ބެލެހެއްޓުމުގެ ދަށުގައި ބެހެއްޓުމަށް ކައުންސިލުން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓަރީގެ ބެލެހެއްޓުމުގެ ދަށުގައި މި ދެ ޕަމްޕު ބެހެއްޓުމަށް ނިންމާ، 28 ފެބްރުއަރީ 2025 ވަނަ ދުވަހު އެ ކައުންސިލްގެ ސީނިއަރ ކައުންސިލް އެގްސެކްޓިވް ޢަބްދުލް މުހައިމިން ނަސީރު ސޮއި ކުރައްވާ ޑިފެންސް މިނިސްޓްރީއަށް ވަނީ ސިޓީ އަކުން މިކަން އަންގާފައެވެ.
ކައުންސިލުން ޑިފެންސަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މާލޭގައި ފެންހިންދުމަށް އާންމުކޮށް ބޭނުންކުރާ ޕަމްޕަށްވުރެ އެތަށް ގުނައެއް ބާރު ސްޕީޑުގައި ފެން ބޭރު ކުރެވޭނެ ފަދަ ދެ ޕަމްޕު 2024 ވަނަ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެ ގެނައުމަށް ކުރި މަސައްކަތުގެ ދަށުން، މިހާރު އެ ދެ ޕަމްޕު ވަނީ މާލެ ގެނެވިފައި ކަމަށެވެ. ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ފޯރުކޮށްދެވޭ ކޮންމެ ޚިދުމަތެއް ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް އަކީ އަބަދުމެ، މި ކައުންސިލާއެކު އެންމެ ގާތުން މަސައްކަތް ކުރާ މުވައްސަސާކަން ވެސް އެސިޓީގައި ފަހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން ސިޓީގައި އިތުރަށް ބުނެފައި ވަނީ މާލޭގައި ޤާއިމްކޮށްފައިވާ ފެންހިންދާ ނިޒާމުގެ އެހީގައި ވާރޭ ވެހުމުގެ ސަބަބުން ރަށުތެރެއަށް އެޅޭ ފެން ބޭރުކުރުމަށް ހުރި ގޮންޖެހުތަކެއް ހުރިކަން ފާހަގަ ކުރާ ކަމަށާއި އެހެން ކަމުން ވިއްސާރަ މޫސުމެއްގައި ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެނުގެ ސަބަބުން އާންމުރައްޔިތުންގެ ގޭގެއަށާއި މުދަލަށް ގެއްލުންވާ މިންވަރަށް ފެން ބޮޑުވާ ކަމަށެވެ. އަދި މިފަދަ ކޮންމެ ހާލަތެއްގައި ވެސް މާލެ ސިޓީ ކައުންސިލުން ރަށުތެރޭގައި ޖަމާވާ ފެން ޚިންދުމުގެ މަސައްކަތްތައް އެކި ފަރާތްތަކުގެ އެހީތެރި ކަމާއެކު ކުރަމުން ގެންދާ ކަމަށް ވެސް މިސިޓީގައި ބަޔާން ކޮށްފައި ވެއެވެ.
ކައުންސިލްގެ މި ދެ ޕަމްޕު ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްޓަކައި ތިޔަ އިދާރާއިން މިކަމުގައި އުޅުއްވާނެ ބޭފުޅެއްގެ ނަމާއި ފޯން ނަންބަރު އެނގޭނެ ގޮތް ހައްދަވާދެއްވުމަށް ކައުންސިލުން ފޮނުވިސިޓީގައި ބުނެފައިވެއެވެ.
މި 2 ޕަންޕަކީ، ފެން ގަނގު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެއް ކަމަށާއި މި ޕަމްފުން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކުރެއެވެ. އަދި މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕު ތަކެކެވެ.
ގުޅުންހުރި

ވިލިމާލޭގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ފަށައިފި

ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރުމަށް, ނަރީޝް ސިޓީ ކައުންސިލުން އިސްތިއުފާދެއްވައިފި

ހުޅުމާލެ ސަހަރާއިން އަދިވެސް ފެންނުހިނދޭ: މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފި
