logoEN
Sto top
މޯލްޑިވިއަންއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ގަސްއިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

މޯލްޑިވިއަންއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ގަސްއިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

2/26/2025, 3:06:41 PM

# މޯލްޑިވިއަން# ފުވައްމުލައް ސިޓީ

--

މޯލްޑިވިއަން އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން މިއަދު ފުވައްމުލަކުގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ފުވައްމުލަކުގެ ތޫނޑު ސަރަހައްދުގައެވެ.

Wamco

މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގްރީން ހައުސް ގޭސް އުފެދުން މަދުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ބައެކެވެ. މި ޕްރޮގްރާމްގެ ދަށުން މޯލްޑިވިއަން އިން ވަނީ މުޅި ރާއްޖޭގައި 50،000 ގަސް އިންދުމުގެ ހަރަކާތެއް ފަށައި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ގަސް އިންދާފައެވެ.

ފުވައްމުލަކުގައި ބޭއްވުނު މި ހަރަކާތުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރާއި، މޯލްޑިވިއަންގެ އިސް ވެރިންނާއި، އަދި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މި ހަރަކާތުގައި އެކި ބާވަތުގެ ރުއް އަދި ގަސްތައް އިންދުނެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު ވިދާޅުވީ މި ޕްރޮގްރާމަކީ ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ޖައްވު ސާފުކޮށް ބެހެއްޓުމަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި މި މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރާ ކަމަށެވެ.

މޯލްޑިވިއަންގެ ފަރާތުން މި ހަރަކާތާ ގުޅޭގޮތުން ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތިމާވެށި ރައްކާތެރިކުރުމަށް ފައްޓަވާދެއްވާފައިވާ މުހިންމު ޕްރޮގްރާމެއް ކަމުން މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ހުރިހާ ރަށެއްގެ ރައްޔިތުންގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރާ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް މަސްތަކުގައި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް މޯލްޑިވިއަން އިން ބުނެފައިވެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside