
--
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން މެލޭޝިއާއަށް ޚާއްސަ ދަތުރުތަކެއް ކުރުމަށް ނިންމައިފި އެވެ.

ގިނަ އަދަދެއްގެ ދިވެހީން މިހާރު ދިރިއުޅޭ މެލޭޝިއާއަށް ޚާއްސަ ދަތުރުތަކެއް މޯލްޑިވިއަންއިން އިއުލާނުކުރީ މިއަދު އެވެ. އެގޮތުން މި ދަތުރުތައް ކުރުމަށް ނިންމާފައިވަނީ މިމަހުގެ 27 ،29 އަދި 30 ވަނަ ދުވަހު އެވެ.
މިގޮތުން މާލެއިން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ 27 ވަނަ ދުވަހާއި 29 ވަނަ ދުވަހު އެވެ. އަދި ކުއަލަލަމްޕޫރިން ރާއްޖެއަށް ރިޓާން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ 27 ވަނަ ދުވަހާއި 30 ވަނަ ދުވަހު އެވެ.
މާލެއިން ކުއަލަލަމްޕޫރަށް ކުރާ ދަތުރުތަކުގެ ވަން ވޭ ޓިކެޓުގެ އަގަކީ އެކޮނޮމީއަށް 149 ޑޮލަރު އަދި އެކޮނޮމީ ފްލެކްސްއަށް 174 ޑޮލަރެވެ. ކުއަލަލަމްޕޫރުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޓިކެޓު އަގަށް 27 ވަނަ ދުވަހާއި 30 ވަނަ ދުވަހު ކުޑަ ބަދަލެއް ވަނީ ގެނެސްފައި އެވެ. މިގޮތުން 27 ވަނަ ދުވަހު ކުއަލަލަޕްޕޫރުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި އޮކޮނޮމީ ޓިކެޓު 99 ޑޮލަރަށް ލިބޭއިރު އެކޮނޮމީ ފްލެކްސްގެ އަގު އުޅެނީ 124 ޑޮލަރަށެވެ. އަދި 30 ވަނަ ދުވަހުގެ ޓިކެޓުގެ އަގު އުޅެނީ އެކޮނޮމީ 119 ޑޮލަރަށް އަދި އެކޮނޮމީ ފްލެކްސް 144 ޑޮލަރަށެވެ.
މިއީ މިހާރު ރާއްޖެއަށް މެލޭޝިއާއިން ދަތުރުކުރާ އެއާލައިންތަކާއި އަޅާ ބަލާއިރު ވަރަށް ވެސް ހެޔޮ އަގުތެކެކެވެ.
މި ދަތުރުތަކުގައި އެކޮނޮމީ ކްލާސްގެ ޕަސެންޖަރުންނަށް 30 ކިލޯގެ ބެގޭޖް އެލެވެންސެއް ލިބޭއިރު އެކޮނޮމީ ފްލެކްސްގެ ޕަސެންޖަރުންނަށް 40 ކިލޯގެ ބެގޭޖް އެލެވެންސެއް ލިބެއެވެ.
މައުލޫމާތު ލިބޭގޮތުގައި މި ދަތުރުތަކުގައި މޯލްޑިވިއަންއިން ބޭނުންކުރާނީ އެއާއިލަންގެ ފްލީޓާއި ދާދި ފަހުން ގުޅުނު އަދި މިހާރު ޗައިނާއަށް ސީދާ ދަތުރުތައް ކުރުމަށް ބޭނުންކުރާ އޭ330 ގެ މަރުކާގެ މަތިންދާބޯޓެވެ. އަދި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ގުޅުންހުރި

މޯލްޑިވިއަންއިން މެލޭޝިއާއަށް ކުރުމަށް ނިންމާފައިވާ ޚާއްސަ ދަތުރުތަކުގެ އަގު ހެޔޮކޮށްފި

މޯލްޑިވިއަންއިން މެލޭޝިއާއަށް ޚާއްސަ ދަތުރުތަކެއް: ވަރަށް އަގު ހެޔޮ!

އީދާއި ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި
