logoEN
Sto top
މޯލްޑިވިއަންއިން މެލޭޝިއާއަށް ކުރުމަށް ނިންމާފައިވާ ޚާއްސަ ދަތުރުތަކުގެ އަގު ހެޔޮކޮށްފި

މޯލްޑިވިއަންއިން މެލޭޝިއާއަށް ކުރުމަށް ނިންމާފައިވާ ޚާއްސަ ދަތުރުތަކުގެ އަގު ހެޔޮކޮށްފި

އަހުމަދު ޝުރާއު

logo

4/16/2025, 10:32:23 AM

# މޯލްޑިވިއަން

--

ގައުމީ އެއާލައިން މޯލްޑިވިއަންއިން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރަށް ކުރުމަށް ނިންމާފައިވާ ޚާއްސަ ދަތުރުތަކުގެ އަގު ހެޔޮކޮށްފި އެވެ.

Wamco

ގިނަ އަދަދެއްގެ ދިވެހީން މިހާރު ދިރިއުޅޭ މެލޭޝިއާއަށް ޚާއްސަ ދަތުރުތަކެއް މޯލްޑިވިއަންއިން ކުރުމަށް ނިންމާފައިވަނީ މިމަހުގެ 27 ،29 އަދި 30 ވަނަ ދުވަހު އެވެ. މި ދަތުރުތަކަށް ފްލައިޓު ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައިރު މިއަދު މޯލްޑިވިއަންއިން ވަނީ 27 ވަނަ ދުވަހު ކުއަލަލަމްޕޫރުން މާލެއަށް އަދި 29 ވަނަ ދުވަހު މާލެއިން ކުއަލަލަމްޕޫރަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮކޮށްފައި އެވެ.

އެގޮތުން 27 ވަނަ ދުވަހު ކުއަލަލަމްޕޫރުން މާލެއަށް ކުރާ ދަތުރުގެ އަގު ކުރިން 99 ޑޮލަރުގައި ހުރި އިރު މިއަދު ވަނީ އެދަތުރުގެ އަގު 75 ޑޮލަރަށް ހެޔޮކޮށްފައި އެވެ. އަދި 29 ވަނަ ދުވަހު މާލެއިން ކުއަލަލަޕްޕޫރަށް ކުރާ ދަތުރުގެ އަގު ކުރިން 149 ޑޮލަރުގައި ހުރި އިރު މިހާރު އެ އަގު ވަނީ 99 ޑޮލަރަށް ހެޔޮކޮށްފައި އެވެ.

މި ދަތުރުތަކުގައި އެކޮނޮމީ ކްލާސްގެ ޕަސެންޖަރުންނަށް 30 ކިލޯގެ ބެގޭޖް އެލެވެންސެއް ލިބޭނެއެވެ.

މައުލޫމާތު ލިބޭގޮތުގައި މި ދަތުރުތަކުގައި މޯލްޑިވިއަންއިން ބޭނުންކުރާނީ އެއާއިލަންގެ ފްލީޓާއި ދާދި ފަހުން ގުޅުނު އަދި މިހާރު ޗައިނާއަށް ސީދާ ދަތުރުތައް ކުރުމަށް ބޭނުންކުރާ އޭ330 ގެ މަރުކާގެ މަތިންދާބޯޓާއި އޭ320 މަރުކާގެ ބޯޓެވެ. އަދި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside