logoEN
Sto top
ނޫމަރާ ބަނދަރު މަޝްރޫއު: އައު ހާބަރ ބޭސިން ފުންކުރުމުގެ 70 އިންސައްތަ ނިމިއްޖެ

ނޫމަރާ ބަނދަރު މަޝްރޫއު: އައު ހާބަރ ބޭސިން ފުންކުރުމުގެ 70 އިންސައްތަ ނިމިއްޖެ

އަހުމަދު ޝުރާއު

logo

2/26/2025, 2:48:41 PM

# އެމްޓީސީސީ

--

ށ ނޫމަރާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނެފި އެވެ.

Wamco

އެމްޓީސީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނިން ބުނީ ނޫމަރާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 70 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

އަދި މިހާރު ކުރިއަށް ދަނީ ބަނދަރުގެ ޕޭވްމަންޓް މަސައްކަތްތަކާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަންވެސް އެކުންފުނިން ވަނީ ހާމަކޮށްފައި އެވެ.

މި މަޝްރޫއުގެ ދަށުން 34،386 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި އައު ހާބަރ ބޭސިން ފުންކުރުން ހިމެނެއެވެ. އަދި 5،076 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުން ކުރުމާއި، 2،920 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުން ހިމެނެއެވެ.

މި މަޝްރޫއުގައި 32 މީޓަރުގެ މިހާރު ހުރި އެއްގަމު ތޮށި މަރާމާތުކުރުމާއި، 177 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 303 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 120 މީޓަރު ދިގު 2 މީޓަރު ދިގު 2 މޯޓަރު ފުޅާ ޖެޓީއެއް ހެދުމުގެ އިތުރުން 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން މި މަޝްރޫއުގައި ހިމެނެއެވެ. އަދި 1،652 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، މޫރިންގ ބޮއެ ހަރުކުރުން ހިމެނެއެވެ.

މިއީ 53.3 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside