logoEN
Sto top
ރޯދަ މަހު އެމްޓީސީސީގެ ބަހުގެ ހިދުމަތްތައް ފަށާނި ހެނދުނު 7 ގައި!

ރޯދަ މަހު އެމްޓީސީސީގެ ބަހުގެ ހިދުމަތްތައް ފަށާނި ހެނދުނު 7 ގައި!

އަހުމަދު ޝުރާއު

logo

2/26/2025, 8:21:37 AM

# އެމްޓީސީސީ

--

ރަމަޟާން މަހު އެމްޓީސީސީއިން ދެމުންދާ ބަހާއި ފެރީ އަދި އާރްޓީއެލްގެ ހިދުމަތަށް ރަވާލެވިފައިވާ ގޮތް އެކުންފުނިން ހާމަކޮށްފި އެވެ.

Wamco

އެމްޓީސީސީން މިއަދު ބުނީ އެހެން އަހަރުތަކޭވެސް އެއްފަދައިން ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން އެ ކުންފުނިން ފޯރުކޮށްދޭ ފެރީ އަދި ބަސް ދަތުރުތަކުގެ ގަޑިތަކަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.

މިގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގައި މާލެއިން ހުޅުމާލެ ފިޔަވަހި 1 އަށް އަދި މާލެއިން ހުޅުމާލެ ފިޔަވަހި 2 އަށް ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ޖަހާއިރު ކަމަށާއި އަދ،ި ރޯދަ ވީއްލާ ގަޑިއަށް ދަތުރުތައް މެދުކަނޑާލުމަށްފަހު ދެން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 7:20 ގައި ކަމަށް އެކުންފުނިން ބުނެއެވެ. މި ދަތުރުތައް މިހާރެކޭވެސް އެއްފަދައިން ރޭގަނޑު 12:00 އާއި ހަމައަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން އިތުރަށް ބުނީ މާލޭ ތެރޭގައި ފޯރުކޮށްދޭ ބަހުގެ ޚިދުމަތަށް ބަލާލާއިރު, އޯކިޑް, އަމީނީ އަދި ސޯސަން ރޫޓުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ޖަހާއިރު ކަމަށާއި އިރުއޮއްސީ 6:00 އަށް ދަތުރުތައް މެދުކަނޑާލުމަށްފަހު, ދަތުރުތައް ފެށުމަށް ދެން ހަމަޖެހިފައިވަނީ ރޭގަނޑު 9:00 ޖަހާއިރު ކަމަށެވެ. އަދި މި ރޫޓުތަކުގެ ދަތުރުތައްވެސް ރޭގަނޑު 12:00 ޖަހަންދެން ކުރިއަށް ދާނެކަމަށެވެ.

އަތޮޅުތެރޭގަ ފޯރުކޮށްދޭ ފެރީ ޚިދުމަތަށް ބަލާލާއިރު 20 އަތޮޅެއްގައި, 6 ޒޯނަކަށް ބަހާލައިގެން 68 ރޫޓުން ދަތުރުތައް އެމްޓީސީސީއިން ހިދުމަތް ދެމުންދާއިރު ފެރީ ޙިދުމަތަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށާއި މުދާ އުފުލުމަށް ބޭނުންކުރާ ޚިދުމަތަކަށް ވާތީ, ވީހާވެސް ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަ ވާނޭގޮތަށް ރަމަޟާން މަހުގެ ދަތުރުތައް ވާނީ ރާވާލެވިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.

މިގޮތުން, ރަމަޟާން މަހާއި ގުޅިގެން އާރްޓީއެލް ފެރީ ދަތުރުތަކަށް ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ކޮންމެ ރޫޓެއްގެވެސް އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިއަށް ނިމޭގޮތަށް ތަވާލުކުރުން ހިމެނޭ ކަމަށާއި މީގެ އިތުރުން, ރަމަޟާން މަހުގެ ހުކުރު ދުވަހު އާރްޓީއެލް ފެރީ ދަތުރުތައް ތާވަލުކުރެވިފައި ނުވާނެކަންވެސް އެކުންފުނިން ހާމަކުރެއެވެ.

އަދި އެމްޓީސީސީ ވެބްސައިޓްގެ ޝެޑިއުލް ޓެބް މެދުވެރިކޮށް ރަމަޟާން މަހުގައި ފެރީ އަދި ބަސް ދަތުރުތަކުގެ ތަވާލަށް އައިސްފައިވާ ބަދަލުތައް ބަލައިލެވެން ހުންނާނެއެވެ.

އެމްޓީސީސީގެ އަމާޒަކީ ރައްޔިތުންނަށް އިތުބާރުހިފޭ, ލުއިފަސޭހަ އާންމު ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި އަބަދުވެސް ދެމިއޮތުން ކަމަށް އެކުންފުނީން ހާމަކުރެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside