logoEN
Sto top
މާލެ ސިޓީ ކައުންސިލްގެ މިއަހަރުގެ ފުރަތަމަ ރައްޔިތު ބައްދަލުވުން ބުރާސްފަތި ދުވަހުގެރޭ!

މާލެ ސިޓީ ކައުންސިލްގެ މިއަހަރުގެ ފުރަތަމަ ރައްޔިތު ބައްދަލުވުން ބުރާސްފަތި ދުވަހުގެރޭ!

އަހުމަދު ޝުރާއު

logo

2/25/2025, 9:21:04 AM

# މާލެ ސިޓީ ކައުންސިލް

--

ކައުންސިލްތަކުން ބާއްވަން ޤާނޫނުގައި ބަޔާންކޮށްފައިވާ ރައްޔިތުގެ ބައްދަލުވުމުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ބައްދަލުވުން ފެބްރުއަރީ 27 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

Wamco

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ލޮނޮޒިޔާރަތް ޕާކުގައި 27 ވަނަ ދުވަހުގެ ރޭ 8:15 ގައެވެ.

މި ބައްދަލުވުން ބިނާކޮށްފައިވަނީ، މާލެ ސިޓީގައި ދިރި އުޅުއްވާ ލޮބުވެތި ރައްޔިތުންގެ ލާބަޔާއި މަންފާއާއި ފަސޭހައަށް ޓަކައި، ވޭތުވެދިޔަ 2024 ވަނަ އަހަރު މާލެ ސިޓީން ކުރި ބުރަ މަސައްކަތުގެ މައްޗަށާއި މި ހިނގާ 2025 ވަނަ އަހަރު ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ ވީޑިޔޯ ދެއްކުން ވެސް މި ބައްދަލުވުމުގައި ކުރިއަށް ދާނެއެވެ.

މާލެ ސިޓީއަކީ، ރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް ތިން ބައިކުޅައެއްބައި މީހުންނަށް ތަފާތު ޚިދުމަތްތައް ފޯރު ކޮށްދިނުން، ޤާނޫނުން ލާޒިމްކޮށްފައިވާ މުއައްސަސާއެކެވެ. އަދި މި މުއައްސަސާއިން ކުރަމުންދާ ގޮންޖެހުން ބޮޑު، މި ބުރަ މަސައްކަތް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އެންމެ ގާތުން ހޯދައިގެން ކުރުމަކީ މާލެ ސިޓީ ކައުންސިލްގެ މައިގަނޑު އެއް އަމާޒެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވާހަކަ ފުޅުދެއްކުމަށް ހަމަޖެހިފައިވާއިރު، ރައްޔިތުންގެ ޚިޔާލަށް ހުޅުވާލައިގެން ރައްޔިތުންގެ ޚިޔާލު ހޯދަން ވެސް ކުރިޔަށް ދާނެއެވެ. ރައްޔިތުންގެ ޚިޔާލަށް ހުޅުވާލުމުން މާލެ ސިޓީން ދެމުންދާ ޚިދުމަތްތައް ރަނގަޅުކުރުމަށް ޚިޔާލު ހުށަހެޅުމަކީ މާލެ ސިޓީގެ ވަރަށް ބޮޑު އެދުމެކެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside