logoEN
Sto top
އަމިއްލައަށް ކާބޯތަކެތި ހެއްދުމުން، ފައިދާހުރި ކާނާ ލިބި ބާޒާރަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭ: ވަޒީރު

އަމިއްލައަށް ކާބޯތަކެތި ހެއްދުމުން، ފައިދާހުރި ކާނާ ލިބި ބާޒާރަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭ: ވަޒީރު

އަހުމަދު ޝުރާއު

logo

2/25/2025, 8:39:56 AM

# ދަނޑުވެރިކަމާއި ބެހޭ ވުޒާރާ

--

ގޯތިތެރޭގައި އަމިއްލައަށް ކާބޯތަކެތި ހެއްދުމުން، މުޅި އާއިލާއަށް ފައިދާހުރި، ތާޒާ ކާނާ ލިބުމާއިއެކު، ބާޒާރުން ގަންނަ ތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެކަމަށް ވަޒީރު މަރްޔަމް މާޒިޔާ ވިދާޅުވެއްޖެއެވެ.

Wamco

އެކަމަނާ ވިދާޅުވީ ގޯތިތެރޭގައި ކާބޮތަކެތި ހައްދާފައި ހުންނަ މަންޒަރުވަރަށް ގިނައިން ފެންނަކަމަށާ، އެއީ އުފާކުރާކަމެއްކަމަށެވެ. އަދި ގޭގައި އަމިއްލައަށް އުފައްދާ ކާބޯތަކެތީގެ ފައިދާތައް ވަރަށް ގިނަކަމަށެވެ.

ވަޒީރު ވިދާޅުވީ ގޯތިތެރޭގައި އަމިއްލައަށް ކާބޯތަކެތި ހެއްދުމުން ކާނާގެ ފައިދާގެ އިތުރުން، ޤުދުރަތީ ވެއްޓާއި އަހަރެމެން ގުޅުވާލަދޭކަމެށެވެ. އަދި، ދެމެހެއްޓެނިވި ގޮތްތައް ކުރިއަރުވައި، ކިތަންމެ ކުޑަ ޖާގައެއް ނަމަވެސް ބޭނުންކުރެވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އަމިއްލައަށް ކާނާ އުފައްދާ އަންހެނުން އެމީހުންގެ ގޭބިސީތަކާއި މުޖުތަމަޢުގައި މުހިންމު ދައުރެއް އަދާކުރާކަމަށެވެ. އެގޮތުން އެމީހުން މަޢުލޫމާތު ހިއްސާކޮށް، އެހެން މީހުންނަށްވެސް މިކަން ކުރުމަށް ހިތްވަރުދެއެވެ. އަދި އެމީހުންގެ މަސައްކަތުން ފައިދާ ކުރަނީ އެމީހުންގެ އަމިއްލަ ދުޅަހެޔޮކަމަށް އެކަނި ނޫންކަމަށާއި، އަމިއްލައަށް ފުދުންތެރި އަދި ދެމިހުންނަނިވި މުސްތަޤްބަލަކަށް ވެސް މިކަމުގެ އަސަރު ދެމިހުންނަކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside