
ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް
# ދަނޑުވެރިކަމާއި ބެހޭ ވުޒާރާ--
ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެން ކުލާހުގެ ދަރިވަރުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތް ކޮށްފިއެވެ.

ހދ. ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރަށް، އެ އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެން ކުލާހުގައި ކިޔަވަމުންދާ 21 ދަރިވަރަކުވަނީ ޒިޔާރަތް ކޮށްފައެވެ. މި ދަރިވަރުންނާއިއެކު 13 މުދައްރިސުންވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ.
މި ޒިޔާރަތުގައި ތަފާތު ގަސްގަހާއިގެއްސާއި ގުޅޭ މަޢުލޫމާތު ހޯދާ، އަދި ގަސްހައްދާނެ ތަފާތު އުކުޅުތަކާއި ގޮތްތަށް ބާލައިލައިފައި ވެއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ ސްކޫލްތަކުގެ ދަރިވަރުން މިފަދަ ތަޖްރިބާ ޒިޔާރަތްތަކަކީ އޭގެ ސަބަބުން ދަނޑުވެރިކަމުގެ ސިނާއަތުގެ މުސްތަޤްބަލަށް ވަރަށްމުހިންމުކަމެއް ކަމަށާއި އޭގެ ސަބަބުން ޅަފަތުގައި ދަނޑުވެރިކަމަށް ޝައުޤުވެރިކަންއުފެދި، ދާއިރާއިން ޒުވާނުން ބިނާވެގެންދާނެކަމަށެވެ.
ގުޅުންހުރި

ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ތަނެއް ގާއިމް ކުރަނީ

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް ލީޑް ފާމަރުން ތަމްރީންކުރަނީ

މަޝްރޫޢުތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޝާމިލް ކުރުމުން އިތުރު ފުރިހަމަކަމެއް ލިބޭނެ - މާރިޔާ
