logoEN
Sto top
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު މޮޓޯސްޕޯޓް އިވެންޓް ހުޅުމީދޫގައި  ކާމިޔާބުކަމާއެކު ނިންމާލައިފި

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު މޮޓޯސްޕޯޓް އިވެންޓް ހުޅުމީދޫގައި ކާމިޔާބުކަމާއެކު ނިންމާލައިފި

ހަސަން ޝަމްއޫން

logo

2/25/2025, 12:15:00 AM

# އައްޑޫ މޮޓޯސްޕޯޓްސް އެސޯސުއޭޝަން# އެންމެންގެ ޑްރެގް ރޭސް 2025# ދިވެހި ކުޅިވަރު

އެންމެންގެ ޑްރެގް ރޭސް 2025 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް

އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ރާއްޖޭގެ އެންމެ އަގުބޮޑު މޮޓޯސްޕޯޓް އިވެންޓް "އެންމެންގެ ޑްރެގް ރޭސް 2025" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

Wamco

23 ފެބުރުއަރީ 2025 އިން 24 ފެބުރުއަރީ 2025 ގެ ނިޔަލަށް ހުޅުމީދޫ މެދު ބަނދަރު މަގުގައި ކުރިއަށް ގެންދިޔަ މި އިވެންޓުގައި މާލޭ ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީން ޓީމުތައް ބައިވެރިވެފައިވާއިރު، މިއަހަރުގެ މުބާރާތުގައި 13 ޓީމަކުން ޖުމްލަ 57 އެތްލީޓަކު ވަނީ ވާދަކޮށްފައެވެ.

މީގެ އިތުރުން މި މުބާރާތުގައި ޖުމްލަ 17 ކެޓަގެރީއަކުން 130،000 ރުފިޔާއަށް ވުރެ ގިނަ ފައިސާގެ އިނާމް ދީފައިވާއިރު، މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ސްޕެއަރ ހަބް އެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި ލިއޯ ސްޓޯރ، ފްރެޝް ޔީލްޑް ޕްރައިވެޓް ލިމިޓެޑް، ޗެނަލް ޝޭކް، އަދި ޕެއިންޓަރ ޗޮއިސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ ފުޑް އެން ބެވަރޭޖް ޕާޓްނަރު ސިޓީ ޑެކް އެވެ. އަދި މީގެ އިތުރުން ޕަބްލިކް ރިލޭޝަން ޕާޓްނަރއަކަށް ސިޑިބަރި ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓަނަރަކީ ގާފު ސްޕޯޓްސް އެވެ.

އިވެންޓް ކެޓަގަރީތައްކުން ވަނަވަނައަށް ހޮވުނު ފަރާތްތައް:

1- އާބަން ކޮމާޓާ 125 ސީސީ:

މިއިވެންޓުން އެއްވަނަ ހޯދީ ހުސައިން ނަހުދު ނަޝީދު (އެކްސްޓްރީމް އަންލީޝް) އެވެ. އަދި ދެވަނަ ހޯދީ އަހުމަދު ރާއިފް (ސެވެޖް) އެވެ.

2- އާބަން ކޮމާޓާ 135 ސީސީ:

މިއިވެންޓުން އެއްވަނަ ހޯދީ އަހުމަދު ރާއިފް (ސެވެޖް) އެވެ. އަދި ދެވަނަ ހޯދީ ލީވާން އަބްދުލް ސައްތާރު (ސެވެޖް) އެވެ.

3- އާބަން ކޮމާޓާ 150 ސީސީ:

މިއިވެންޓުން އެއްވަނަ ހޯދީ ލީވާން އަބްދުލް ސައްތާރު (ސެވެޖް) އެވެ. އަދި ދެވަނަ ހޯދީ އަހުމަދު ރާއިފް (ސެވެޖް) އެވެ.

4- އާބަން ކޮމާޓާ 155 ސީސީ:

މިއިވެންޓުން އެއްވަނަ ހޯދީ ހުސައިން ނަހުދު ނަޝީދު (އެކްސްޓްރީމް އަންލީޝް) އެވެ. އަދި ދެވަނަ ހޯދީ ލާމިއު އަލީ (މައިލޯ ސްޕޯޓްސް) އެވެ.

5-މެޓިކް 160ސީސީ:

މިއިވެންޓުން އެއްވަނަ ހޯދީ ހުސައިން ނަހުދު ނަޝީދު (އެކްސްޓްރީމް އަންލީޝް) އެވެ. އަދި ދެވަނަ ހޯދީ ޠާލިބު ނަސީމް (އޭއެސްއާރު) އެވެ.

6- އާބަން ކޮމާޓާ އޯޕަން:

މިއިވެންޓުން އެއްވަނަ ހޯދީ ހުސައިން ނަހުދު ނަޝީދު (އެކްސްޓްރީމް އަންލީޝް) އެވެ. އަދި ދެވަނަ ހޯދީ ޠާލިބު ނަސީމް (އޭއެސްއާރު) އެވެ.

7- ޕްރޯ ސްޓްރީޓް 135 ސީސީ:

މިއިވެންޓުން އެއްވަނަ ހޯދީ އަހުމަދު ރާއިފް (ސެވެޖް) އެވެ. އަދި ދެވަނަ ހޯދީ ޔޫސުފް ޔޫހާން (ސެވެޖް) އެވެ.

8- ޕްރޯ ސްޓްރީޓް 150-160 ސީސީ:

މިއިވެންޓުން އެއްވަނަ ހޯދީ އަހުމަދު ވިއާމް (އެސްޕީއާރު) އެވެ. އަދި ދެވަނަ ހޯދީ ލާމިއު އަލީ (މައިލޯ ސްޕޯޓްސް) އެވެ.

9- ޑްރެގް އަންޑަރބޯން އޯޕެން:

މިއިވެންޓުން އެއްވަނަ ހޯދީ އަހުމަދު ވިއާމް (އެސްޕީއާރު) އެވެ. އަދި ދެވަނަ ހޯދީ ލާމިއު އަލީ (މައިލޯ ސްޕޯޓްސް) އެވެ.

10- ސުޕަރ ބައިކް 500-750 ސީސީ:

މިއިވެންޓުން އެއްވަނަ ހޯދީ މައިސާން މުހައްމަދު (ހުނިގޮންޑީ ރޭސިން) އެވެ. އަދި ދެވަނަ ހޯދީ ހާތިމް އަލީ އަންވަރު - އެސްއެފްއެސް (ސްޓޯމް ފޯސް ސިންޑިކޭޓް) އެވެ.

11 -ސުޕަރ ބައިކް 751-1500 ސީސީ:

މިއިވެންޓުން އެއްވަނަ ހޯދީ ޔޫހް އާތިފް (އެސްޕީއާރު) އެވެ. އަދި ދެވަނަ ހޯދީ އައިހަމް ޝަރީފް - އެސްއެފްއެސް (ސްޓޯމް ފޯސް ސިންޑިކޭޓް) އެވެ.

12-މޮޓޯ ސްޕްރީމް :

މިއިވެންޓުން އެއްވަނަ ހޯދީ މައިސާން މުހައްމަދު (ހުނިގޮންޑީ ރޭސިން) އެވެ. އަދި ދެވަނަ ހޯދީ ހާތިމް އަލީ އަންވަރު - އެސްއެފްއެސް (ސްޓޯމް ފޯސް ސިންޑިކޭޓް) އެވެ.

13-ކާރު 2000:

މިއިވެންޓުން އެއްވަނަ ހޯދީ އަލީ ޝާފިއު (ރެޑް ސަން) އެވެ. އަދި ދެވަނަ ހޯދީ ހުޒާތު އަބްދުއްރަހީމް (ރެޑް ސިއުން) އެވެ.

15 -ކާރު 3500:

މިއިވެންޓުން އެއްވަނަ ހޯދީ ހުޒާތު އަބްދުއްރަހީމް (ރެޑް ސަން) އެވެ. އަދި ދެވަނަ ހޯދީ އަހުމަދު އައްފާން -އެސްއެފްއެސް (ސްޓޯމް ފޯސް ސިޑިކޭޓް) އެވެ.

17 -ކާރު އޯޕަން :

މިއިވެންޓުން އެއްވަނަ ހޯދީ އަލީ ޝާފިއު (ރެޑް ސަން) އެވެ. އަދި ދެވަނަ ހޯދީ އަހުމަދު އައްފާން -އެސްއެފްއެސް (ސްޓޯމް ފޯސް ސިޑިކޭޓް) އެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ޓީމަކަށް (މެކޭނިކް) ހޮވުނީ ސެވެޖް ރޭސިންގ އެވެ.

އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަން (އަސްމާ)ގެ ފަރާތުން މިފަދަ އިވެންޓެއް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ސިޓީގައި މޮޓޯސްޕޯޓްސް ކުރިއަރުވައި އާލާކުރުމުގެ އިތުރުން ރޭސިންއަށް ލޯބިކުރަށްވާ ފަރާތްތަކަށް އެފަރާތްރަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން އެކުވެރި މާހައުލެއްގައި ރޭސިން ފެމެލީ އެއްތަންވެ ވަގުތު ހޭދަކޮއްލަން ފުރުސަތު ހޯދައިދިނުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside