
އޭޝިއާ ޕެސިފިކް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމެންޓްގައި ނަރީޝް ބައިވެރިވެވަޑައިގަންނަވަނީ
# އަހުމަދު ނަރީޝް--
12 ވަނަ އޭޝިއާ ޕެސިފިކް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމެންޓްގައި މާލެ ސިޓީ ކައުންސިލުގެ ފަރާތުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ، އަހުމަދު ނަރީޝް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ އެވެ.

މި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ފޯރަމް ކުރިޔަށް ދަނީ ބެންކޮކް ގެ ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް ސެންޓަރ (ޔޫއެންސީސީ) ގައެވެ.
މި ފޯރަމަކީ 2030 އެޖެންޑާ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އަދި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީސް) އަށް ކުރެވޭ މަސައްކަތްތަކާއި ލިބިފައިވާ ކުރިއެރުން ސަރަޙައްދީ ފެންވަރުގައި ބަލައި މުރާޖަޢާކުރުމަށް އެހީތެރިވެދިނުމަށް ޓަކައި ސަރުކާރުތަކުގެ މެދުގައި ކޮންމެ އަހަރަކު އެއް ފަހަރު ބޭއްވޭ ފޯރަމެކެވެ.
އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކުން ކުރިޔަށް ގެންދާ މި ފޯރަމް މި އަހަރުގެ ކުރިޔަށް ގެންދަނީ "އޭޝިއާ އަދި ޕެސިފިކްގެ ހުރިހާ އެންމެނަށް ހަމަހަމަ ކަމާ އެކު، ހުރިހާ ފަރާތްތަކެއް ހިމެނޭ، ސައިންސް އަދި ހެކިތަކަށް ބިނާކޮށް 2030 ވަނަ އަހަރުގެ އެޖެންޑާއާއި އޭގެ ލަނޑުދަނޑިތަކަށް ދެމެހެއްޓެނިވި، ހައްލުތައް ހޯދައި ކުރިއެރުވުން" މި ޝިއާރުގެ ދަށުންނެވެ.
މި ފޯރަމްގެ ފުރަތަމަ ސެޝަން މިއަދު ކުރިޔަށްދާއިރު މިއަދުގެ ސެޝަންގައި އެކި ޤައުމުތަކުގެ ކައުންސިލްތަކާއި އަދި ސަރަޙައްދީ ސަރުކާރުތަކުން ބައިވެރިވެ، މައިގަނޑު ގޮތެއްގައި ރަނގަޅު ޞިއްޙަތާއި ދުޅަހެޔޮކަމާއި، ޖިންސުގެ ހަމަހަމަކަން އަދި އެކަށީގެންވާ މަސައްކަތާއި އިޤްތިޞާދީ ކުރިއެރުމާއި ކަނޑުގެ ދިރުން އަދި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޓަކައި ބައިވެރިވެރިވުމާއި ގުޅޭގޮތުން ބަޔާނެއް އެކުލަވާލުމުގެ މަސައްކަތެވެ.
މީގެ އިތުރުން މިއަދުގެ މި ފޯރަމްގައި ޑެޕިއުޓީ މޭޔަރ ނަރީޝް މޫސުމީ ގުޅުންތަކާއި ސިޓީ ފެންވަރުގައި އާއި ވޮލަންޓަރީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކާއި، ކުރެވެމުންދާ މުރާޖަޢާތަކުގެ ކުރިއެރުމާ ބެހޭގޮތުން މިފޯރަމްގައި ހުށަހަޅުއްވާނެއެވެ.
މި ފޯރަމްގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރގެ އިތުރުން ސިޓީ ކައުންސިލްގެ ޗީފް ސްޓެޓިސްޓީޝަން، އިސްމާއިލް ސޮބާހު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ގުޅުންހުރި

ނަރީޝްގެ ޒާޔާއަށް: ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ގޯސްހެއްދެވިނަމަ، 2 އަހަރުވީއިރު އެވާހަކަ ނުދެއްކީ ކީއްވެގެންތޯ؟

މިދައުރުގެ ތެރޭގައި ރަސްމާލޭގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެ، ރައީސް ވައުދު ފުއްދަވާނެ - ނަރީޝް

ކަންބޮޑުވުންތައް ވަރަށް ގާތުން ރައީސް އެބަބައްލަވާ، ޒުވާނުންނާއި މެދު ރައީސް ދެރަގޮތެއް ނަހަދާނެ - ނަރީޝް




