
ލާމުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށް މެނޭޖްމަންޓް ޕްލޭންތައް ތައްޔާރުކުރަނީ
# އެންވަޔަރަމަންޓް މިނިސްޓްރީ--
ލާމުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށް އެންދެރި މަޝްރޫޢުން ތައްޔާރުކުރަމުންދާ މެނޭޖްމަންޓް ޕްލޭންތަކުގެ ތެރެއިން މާބައިދޫ އަދި ހިތަދޫގެ ޕްލޭންތަކަށް އެ ރަށްތަކުގެ ކައުންސިލާއި އެހެނިހެން މަސްލަހަތުވެރިންގެ ރުހުން ހޯދުމަށް ބައްދަލުވުންތަކެއް ބާއްވައިފި އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން މަޢުލޫމާތު ދޭގޮތުގައި، މި ބައްދަލުވުންތަކުގައި އެންދެރި މަޝްރޫޢުގެ ދަށުން ތައްޔާރުކުރެވޭ މެނޭޖްމަންޓް ޕްލޭންތަކުގެ މުހިންމުކަމާއި، އޭގެ ސަބަބުން ރަށްތަކަށް ލިބޭނެ ފައިދާތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މާބައިދޫގެ ބައްދަލުވުން ބޭއްވުނީ އިއްޔެ (23 ފެބުރުއަރީ 202) ގައި މާބައިދޫ ކައުންސިލް އިދާރާގައެވެ. އަދި ހިތަދޫގެ ބައްދަލުވުން ބޭއްވުނީ މިއަދު (24 ފެބުރުއަރީ 2025) ގައި ހިތަދޫ ކައުންސިލް އިދާރާގައެވެ. މި ދެ ބައްދަލުވުމުގައިވެސް އެ ރަށްތަކުގެ ކައުންސިލަރުންނާއި، ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި، އަދި އާންމު ރައްޔިތުން ބައިވެރިވިއެވެ.
އެންދެރި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޕްލޭންތަކަކީ ލާމުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ވަރަށް މުހިންމު ވަސީލަތެކެވެ. މި ޕްލޭންތަކުގެ ސަބަބުން ރަށްތަކުގެ ތިމާވެށި ރައްކާތެރިކުރުމާއެކު، އިޤްތިޞާދީ ގޮތުން ރަށްތަކަށް ފައިދާވާނެ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ."
މި މަޝްރޫޢުގެ ދަށުން ތައްޔާރުކުރެވޭ މެނޭޖްމަންޓް ޕްލޭންތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއްކަން ފާހަގަކުރެވެއެވެ. މި ޕްލޭންތަކުގެ ސަބަބުން ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ގުޅުންހުރި

ވޯލްޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ

ސަރަޙައްދީ 3އާރު އަދި ސަރކިއުލަރ އިކޮނޮމީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ރާއްޖޭގެ ތިންވަނަ ކްލައިމެޓް އެކްޝަން ޕްލޭން އ.ދގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާއަށް ހުށަހަޅައިފި
