
13 ޓީމާއެކު ރާއްޖޭގެ އެންމެ އަގުބޮޑު މޮޓޯސްޕޯޓް އިވެންޓް ހުޅުމީދޫގައި ފެށިގެން ކުރިއަށް ދަނީ
# އައްޑޫ މޮޓޯސްޕޯޓްސް އެސޯސުއޭޝަން# އެންމެންގެ ޑްރެގް ރޭސް 2025# ދިވެހި ކުޅިވަރުއެންމެންގެ ޑްރެގް ރޭސް 2025
އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ރާއްޖޭގެ އެންމެ އަގުބޮޑު މޮޓޯސްޕޯޓް އިވެންޓް "އެންމެންގެ ޑްރެގް ރޭސް 2025" މިއަދު ހެނދު ފަށައިފިއެވެ.

23 ފެބުރުއަރީ 2025 އިން 24 ފެބުރުއަރީ 2025 ގެ ނިޔަލަށް ހުޅުމީދޫ މެދު ބަނދަރު މަގުގައި ކުރިއަށްދާ މި އިވެންޓުގައި މާލޭ ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީން ޓީމުތައް ބައިވެރިވެފައިވާއިރު، މިއަހަރުގެ މުބާރާތުގައި 13 ޓީމަކުން ޖުމްލަ 57 އެތްލީޓަކު އިންނަނީ ވާދަކުރަމުންނެވެ.
މީގެ އިތުރުން މި މުބާރާތުގައި ޖުމްލަ 17 ކެޓަގެރީއަކުން 130،000 ރުފިޔާއަށް ވުރެ ގިނަ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ހުރިހާ އިނާމެއް ސްޕޮންސަރ ކޮއްފައިވަނީ ސްޕެއާރ ހަބުންނެވެ.
މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ސްޕެއަރ ހަބް އެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި ލިއޯ ސްޓޯރ، ފްރެޝް ޔީލްޑް ޕްރައިވެޓް ލިމިޓެޑް، ޗެނަލް ޝޭކް، އަދި ޕެއިންޓަރ ޗޮއިސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ ފުޑް އެން ބެވަރޭޖް ޕާޓްނަރު ސިޓީ ޑެކް އެވެ. އަދި މީގެ އިތުރުން ޕަބްލިކް ރިލޭޝަން ޕާޓްނަރއަކަށް ސިޑިބަރި ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓަނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަން އޮޑި އެސްސީ އިން ހޯދައިފި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ އަންހެން ޑިވިޝަން ޗެންޕިއަންކަން ކުލަބު ހުޅުން ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް ބަލިކޮށް ފެމެލީ ބޭކާސް ފައިނަލުން ޖާގަ ހޯދައިފި
