logoEN
Sto top
ވެސްޓްހަމް އަތުން ބަލިވެ އާސެނަލް އިން ފުރުސަތު ނަގާލައިފި

ވެސްޓްހަމް އަތުން ބަލިވެ އާސެނަލް އިން ފުރުސަތު ނަގާލައިފި

ހަސަން ޝަމްއޫން

logo

2/23/2025, 12:45:11 AM

# އިނގިރޭސި ޕްރިމިއާ ލީގު# އާސެނަލް# ބޭރު ދުނިޔޭގެ ކުޅިވަރު# ވެސްޓްހަމް ޔުނައިޓެޑް

އާސެނަލް އާއި ވެސްޓްހަމް ވާދަކުރި މެޗުގެ ތެރެއިން..

އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ވެސްޓްހަމް ޔުަނއިޓެޑް އަތުން ބަލިވެ، އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދުގައިވާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފިއެވެ.

Wamco

ލީގުގައި ވެސްޓްހަމް ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ބްރެންޓްފޯޑް އަތުން ބަލިވެފައިވާއިރު، އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އާސެނަލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ވެސްޓްހަމްގެ ގޯލާއި އަމާޒުކޮށް އެޓީމަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އަދި މިހާފުގައި ކައުންޓާ އެޓޭކުތަކުގައި ވެސްޓްހަމް އިން ވަނި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން އެޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ވެސްޓްހަމް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް ބޮވެން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖައަކުން ވެސްޓްހަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ކުރިއަށްޖެހި ލަނޑެއް ޖެހޭތޯ އާސެނަލަ އިން ކުރަމުންދިޔަ، މަސައްކަތައް ހުރަސް އެޅުނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން ޑިފެންޑަރު މައިލްސް ލުވިސް-ސްކެލީއަށް ފަހުހާފުގެ 70 ވަނަ މިނެޓުގައި ދެއްކި ރަތްކަޑާއެކު މެޗުގެ ބާކިބައި އެއްކުޅުންތެރިއަކު މަދުކޮށް ކުޅެނަ ޖެހުމުންނެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖައަކުން ވެސްޓްހަމް ކުރީގައި އޮވެގެންނެވެ. އަދި މިއާއެކު ލީގުގައި އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވެ އާސެނަލް އިން ދަމަހައްޓަމުންއައި ރެކޯޑް 15 މެޗަށްފަހު ވަނީ ނިމުމަކަށް އައިސްފައެވެ.

މިނަތީޖައެކު ލީގުގައި ކުޅުނު 26 މެޗުން ވެސްޓްހަމް ޔުނައިޓެޑަށް 30 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 16 ވަނައިގައެވެ. އަދި މިމެޗުން ބަލިވި އާސެނަލް އިން ލީގުގައި ކުޅުނު 26 މެޗުން ލިބުނު 53 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside