
ޗެންޕިއަންސް ލީގު: ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑާއި އެތްލެޓޯ މެޑްރިޑް ވާދަކުރަން ޖެހިއްޖެ
# ބޭރު ދުނިޔޭގެ ކުޅިވަރު# ރެއާލް މެޑްރިޑް# ޔުއެފާ ޗެމްޕިއަންސްލީގު# އެތްލެޓިކޯ މެޑްރިޑްގްރިޒްމަން (ކ) އަދި އެމްބާޕޭ (ވ)
ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ގުރުލުން ހުކުރު ދުވަހު ބޭއްވިއިރު، އެންމެ ފަހުގެ ޗެންޕިއަން ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑް

ރެއާލް މެޑްރިޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދީ ޕްލޭއޮފްގައި 6-3 ގެ ނަތީޖާއަކުން ޕްރެމިއާ ލީގުގެ ޗެންޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މިއީ މެޑްރިޑް ޑާބީއެއް ޗެމްޕިއަންސް ލީގުގައި ވާދަކުރާ ހަ ވަނަ ފަހަރެވެ. އަދި އޭގެ ތެރޭގައި 2014 އަދި 2016 ވަނަ އަހަރުގެ ފައިނަލުގެ އިތުރުން 1959 އަދި 2017 ވަނަ އަހަރުގެ ސެމީފައިނަލާއި 2015 ވަނަ އަހަރުގެ ކުއާޓާ ފައިނަލް ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.
ޖަރުމަނުގެ ބަޔާން މިއުނިކް ވާދަކުރަން ޖެހުނީ ޖަރުމަނުގެ ޗެންޕިއަން ބަޔާން ލެވަކޫސަން އާއި ދެކޮޅަށެވެ. މިއީ މި ދެޓީމު، ޗެމްޕިއަންސް ލީގު ތާރީޚުގައި ވެސް ވާދަކުރަންޖެހުނު ފުރަތަމަ ފަހަރެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގަ އޮތް ލިވަޕޫލް ވާދަކުރަން ޖެހުނީ ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށެވެ. މިއީ 2018-2019 ސީޒަނުން ފަހުން، މި ދެ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މި ދެ ޓީމު އެެންމެ ފަހުން ކުޅުނު މެޗުން ލިވަޕޫލް މޮޅުވިއިރު، އެފަހަރު ލިވަޕޫލުން ވަނީ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ.
އާސެނަލްއާއި ނެދަލޭންޑްސްގެ ޕީއެސްވީ ބައްދަލުކުރާއިރު، އެސްޓަން ވިލާ އާ ދެކޮޅަށް ނުކުންނަނީ ބެލްޖިއަމްއަށް ނިސްބަތްވާ ކްލަބް ބްރޫޖްއެވެ.
ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މި މެޗްތައް އޮންނާނީ މާރިޗު މަހުގެ 4-5 އަދި އެ މަހުގެ 11-12 ގައެވެ. އަދި މިއީ ޗެންޕިއަންސް ލީގު ފޯމެޓަށް ގެނެވުނު ބަދަލާއެކު 36 ޓީމައެކު މުބާރާތް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.