logoEN
Sto top
 ރޯދަ ހަދިޔާ ދޫކުރުމަށް އޮންލައިން ޓޯކަން ނެގޭ ގޮތް ހަދަނީ: ހަވީރު ލިންކު އާންމުކުރާނެ!

ރޯދަ ހަދިޔާ ދޫކުރުމަށް އޮންލައިން ޓޯކަން ނެގޭ ގޮތް ހަދަނީ: ހަވީރު ލިންކު އާންމުކުރާނެ!

އަހުމަދު ޝުރާއު

logo

2/22/2025, 8:24:40 AM

# ރޯދަ ހަދިޔާ

--

ސަރުކާރުން ރޯދައަށް ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމި މަސްދަޅު ކޭސްތައް ބެހުމަށް ޑިޖިޓަލް ޓޯކަން ނިޒާމެއް ތައާރަފް ކުރަން ނިންމައިފި އެވެ.

Wamco

މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ސިޓީތަކާއި ކައުންސިލްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން މި މަސްކޭސްތައް ބެހުމުގެ ކަންކަން މާލެ ސަރަހައްދުގެ އިތުރު ތަންތަނުގައި ކުރިޔަށް ގެންދިޔުމަށް މިހާރު ވަނީ ނިންމާފައި އެވެ.

އެގޮތުން މަސްކޭސްތައް ބެހުމަށް ނިންމާފައިވަނީ

  1. މިފްކޯ ކޮމްޕްލެކްސް (މާފަންނު)
  2. އެމް.ޓީ.ސީ.ސީ ސޯމިލް
  3. ހެންވޭރު ދަނޑު
  4. ގަލޮޅު ދަނޑު – ސެޓަޕް 1
  5. ގަލޮޅު ދަނޑު – ސެޓަޕް 2
  6. ގަލޮޅު ދަނޑު – ސެޓަޕް 3
  7. ގަލޮޅު ދަނޑު – ސެޓަޕް 4
  8. ސޯޝަލް ސެންޓަރު
  9. ވިލިމާލެ – ވެމްކޯ ސައިޓް
  10. ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ
  11. ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް)
  12. ހުޅުމާލެ – ހިޔާ ޓަވަރު 10
  13. ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް.

ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވާތީ ދުވާލު ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށް ނުގެންދާނެ ކަމަށާއި އެކަން ކުރިޔަށްދާނީ މިރޭ 8.00 ން 12.00 ށް ކަމަށެވެ. މާލޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބެންދެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްކޭސްތައް ހޯދުމަށް ދިގުކިއުތަކެއް ހަދަން ޖެހުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު ބުނީ ކިއޫގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހޭނެހެން އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް، ވަކި މަރުކަޒަކުން ޓޯކަން ނެގޭނެ އިންތިޒާމް ވެސް ހަމަޖައްސާނެ ކަމަށް ބުނެފައި އެވެ.

ވަޒީރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ އޮންލައިންކޮށް ޓޯކަން ނެގޭނެ ނިޒާމު މިއަދު ހަވީރު އާންމުކުރާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC