logoEN
Sto top
މިހާތަނަށް މާލެ ސަރަހައްދުގެ 15,000 ގޭބިސީއަކަށް މަސްދަޅު ކޭސް ފޯރުކޮށްދީފި

މިހާތަނަށް މާލެ ސަރަހައްދުގެ 15,000 ގޭބިސީއަކަށް މަސްދަޅު ކޭސް ފޯރުކޮށްދީފި

އަހުމަދު ޝުރާއު

logo

2/24/2025, 8:26:53 AM

# ރޯދަ ހަދިޔާ

--

މިހާތަނަށް މާލެ ސަރަހައްދުގެ 15,000 ގޭބިސީއަކަށް މަސްދަޅު ކޭސް ފޯރުކޮށްދީފި އެވެ.

Wamco

މިކަން ހާމަކުރައްވައި މިއަދު ސިޓީތަކާއި ކައުންސިލްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ޖުމުލަ ފަނަރަ ހާސް ގޭބިސީއަށް (މާލޭ ސަރަހައްދުގައި) މަސްދަޅު ކޭސް ފޯރުކޮށްދެވިފައިވާ ކަމަށާއި މިހާރު ހަމަޖައްސައިދެވިފައިވާ އިންތިޒާމުތަކާއެކު މަސްކޭސްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ފަސޭހަ ގޮތެއްގައި ކުރިޔަށްދާކަމަށެވެ.

އަދި ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން ކުރިޔަށްގެންދާނެކަންވެސް ވަޒީރު ހާމަކުރެއްވި އެވެ.

"ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިޔަށްދާނެކަމުގެ ޔަޤީންކަން އަރުވަން. ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ. " ވަޒީރު ވިދާޅުވިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވާ މަސްކޭސް މާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ބެއްސުވުމުގެ ކަންކަން، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ފެށިގެން ދިޔަ އިރު، ރައްޔިތުންނަށް އުފުލަން ޖެހުނު ތަކުލީފުތައް ކުޑަކުރުމަށް ޓަކައި ހަރުދަނާ އުޞޫލްތަކެއް ކަނޑައަޅުއްވައި ރޭގައި ވަނީ ފަސޭހަ އިންތިޒާމްތަކެއްގެ ތެރޭން މަސްކޭސް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވައިފައެވެ.

އެ ގޮތުން ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ ޢަދަދު ރެޔަށް ވުރެ އިތުރުކުރައްވާނެ ކަމަށާއި، މިހާރު ޓޯކަން ނަންގަވައިފައިވާ ފަރާތްތަކުގެ ތެރެއިން، ފަހުގެ ތާރީޚަކަށް ޓޯކަން ލިބިލައްވައިފައިވާ ފަރާތްތަކަށް ތާރީޚު އަވަސްކޮށް، ރީޝެޑިއުލްކުރުމުގެ ފުރުޞަތު ލިބިލައްވާނެ ކަމަށާއި، އަދި ޓޯކަން ނެގުން ފަދަ ކަމެއްގައި ޙައްލުކޮށްލަން ޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާއަކުން އެ ކަމަށް އަޅައިލައި، އެ ކަން ޙައްލު ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ވަޒީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން މިރޭ ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް މަސްދަޅު ކޭސް ލިބިލައްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހައި ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވުމާއެކު، ހުރިހައި ގޭބިސީއަކަށް ލިބެންދެން މި މަސައްކަތް ކުރިޔަށްދާނެކަމުގެ ޔަޤީންކަން ވެސް ވަޒީރުކުރެއްވި ޕޯސްޓުގައި ދެއްވައިފައި ވެއެވެ.

ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެއްގެ ގޮތުގައި މި ދިޔަ އަހަރުން ފެށިގެން، ދިވެހި އެންމެހައި ރައްޔިތުންނަށް ސަރުކާރުން ދެއްވަން ފެއްޓެވި ހަދިޔާއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC