logoEN
Sto top
ރޯދަ ހަދިޔާއަށް މިއަހަރުވެސް މަސް ކޭހަކާއި 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެ ކަރަންޓު ބިލެއް!

ރޯދަ ހަދިޔާއަށް މިއަހަރުވެސް މަސް ކޭހަކާއި 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެ ކަރަންޓު ބިލެއް!

އަހުމަދު ޝުރާއު

logo

11/15/2025, 8:08:39 AM

# ރޯދަ ހަދިޔާ

-

މިއަހަރުގެ ރޯދަ މަހުވެސް ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި އޭގެ ތެރެއިން ކުރީ އަހަރާއި އެއްބޮތަށް މިއަހަރުގެ ރޯދަ މަހުވެސް ސަރުކާރުން ރޯދަ ހަދިޔާ ދިނުމަށް ނިންމާފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

Wamco

ރައީސް މިކަން ހާމަކުރެއްވީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ސިޔާސީ ޖަކްސާ ކަމަށްވާ ދިވެހީންގެ ރާއްޖެެ ޖަލްސާގައި ރޭ ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން ރައީސް ވިދާޅުވީ އަންނަ ރަމަޞާންމަހުވެސް ހަދިޔާ ދެއްވުމަށް ނިންމަވާފައިވާކަމަށާއި އެގޮތުން މިދިޔަ ރޯދައެކޭއެއްގޮތަށް އަންނަ ރޯދަމަހުވެސް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރައްވާނެކަމަށެވެ.

އަދި މީގެ އިތުރުން ކުރިއަށްއޮތް ރަމަޞާންމަހު ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓް ބިލަށް ދައްކަންޖެހެނީ 400 ރުފިޔާކަމަށާއި އެއްޔަށްވުރެ ބިލް ބޮޑު ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ހަމަ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މަސްދަޅުކޭސް ލިބޭނެ. އޭގެއިތުރަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޞާންމަހު ނަގާނީ 400 ރުފިޔާ. ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް މިއަންނަ ރަމަޞާންމަހު ނަގާނީ އެމަހުގެ ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ. ބާކީބައި ޑިސްކައުންޓް." ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވެރިކަަމާއި ހަވާލުވެވަޑައިގަތުމަށްފަހު ކޮންމެ ރަމަޞާންމަހަކު ސަރުކާރުން އަންނަނީ ރައްޔިތުންނަށް ހަދިޔާއާއި އިނާޔަތް ދެއްވަމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ވަނީ ހަދިޔާކޮށްފައެވެ. އެއީ މާލޭގެ ގޭބިސީތަކަށް 50،519 މަސްދަޅު ކޭހެވެ. އަދި އަތޮޅުތަކުގެ 60،712 ގޭބިސީއަކަށް ހަދިޔާކުރި މަސްދަޅުކޭސް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC