logoEN
PNC TOP 3
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ފަށަން ތައްޔާރުވަނީ

ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ފަށަން ތައްޔާރުވަނީ

އަހުމަދު ޝުރާއު

logo

1/4/2026, 7:07:18 AM

# ރޯދަ ހަދިޔާ

-

ކުރިއަށް އޮތް ރަމަޟާން މަހު ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަން ހާމަކޮށްފި އެވެ.

PNC MID 2

މި ފެށުނު 2026 ވަނަ އަހަރަށް މިނިސްޓްރީން ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން މުވައްޒަފުންނާ ބައްދަލުކުރައްވާ މިނިސްޓަރ މިއަދު ވިދާޅުވީ، މި ދިޔަ އަހަރުގެ ރަމަޟާން މަހެކޭ އެއްފަދައިން މި އަހަރު ވެސް ރޯދަ ހަދިޔާ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން މި ހިނގާ ޖަނަވަރީ މަހުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

''މި މަހުގެ ކުރީކޮޅު ރޯދަ ހަދިޔާގެ މަސައްކަތް ފަށާނެ'' އެ މަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ ރޯދައެކޭއެއްގޮތަށް އަންނަ ރޯދަމަހުވެސް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރައްވާނެކަން ރައީސް އިއުލާނުކުރީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެގޮތުން މަސްދަޅުގެ އިތުރުން ރަމަޞާންމަހު ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓް ބިލަށް ދައްކަންޖެހެނީ 400 ރުފިޔާކަމަށާއި އެއްޔަށްވުރެ ބިލް ބޮޑު ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC