
ވަޒީރު މާރިޔާ ފިޔޯރީ ދަނޑުތަކަށް ޒިޔާރަތްކުރައްވައި، ދަނޑުވެރިންނާއި ބައްދަލުކުރައްވައިފި
# ދަނޑުވެރިކަމާއި ބެހޭ ވުޒާރާ--
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ގދ. ފިޔޯރީ ގެ ދަންޑުތަކަށް ޒިޔާރާތް ކުރައްވައިފިއެވެ.

އެކަމަނާ ފިޔޯރީގެ ދަނޑުތަކަށް ޒިޔާރަތް ކުރައްވައިފައިވަނީ ގދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި ޒިޔާރަތުގައި އެ ދަނޑުތަކުގައި މަސައްކަތްކުރާ ދަނޑުވެރިންނާއި ބައްދަލު ކުރައްވައި، އެ މީހުންގެ ކަންބޮޑުވުންތައް ވަނީ އަޑުއައްސަވާފައެވެ. އަދި ދަނޑުވެރިކަމުގައި ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިމަހުގެ 18 އިން 20 ށް ވަޒީރު ގދ. އަތޮޅަށް ކުރެއްވި ދަތުރުފުޅަކީ އެ އަތޮޅުގެ ކައުންސިލްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއްރައްތަކުގެ ކައުންސިލްތަކާއި ބައްދަލުކޮށް ދަނޑުވެރިކަމުގެ ދާއިރާއިން އެ ރަށްތަކުގައި ހުރި ކަންބޮޑުވުންތަކާއި، އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
ގުޅުންހުރި

މަޝްރޫޢުތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޝާމިލް ކުރުމުން އިތުރު ފުރިހަމަކަމެއް ލިބޭނެ - މާރިޔާ

ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ

ވަޒީރު މާރިޔާ ދަތުރުވެރިންގެ މާރުކޭޓަށް!
