.webp&w=3840&q=75)
--
1446 ވަނަ އަހަރު ރަމަޟާން މަހަށް ގޭބީސީތަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް ދޫކުރަން ފަށާ ގަޑިއަށާއި މަރުކަޒުތަކަށް ބަދަލު ގެނެސްފި އެވެ.

އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަމަޟާން މަހަށް ގޭބީސީތަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގައި ދޫކުރަން ހަމަޖެހިފައިވަނީ 20 ފެބްރުއަރީ 2025 ން ފެށިގެން 27 ފެބްރުއަރީ 2025 ގެ ނިޔަލަށް ކަމަށެވެ. އަދި ކުރީ އަހަރުގެ ތަޖުރިބާއާއި ދިމާވި ދަތިތަކަށް ރިއާޔަތްކޮށް މިއަހަރުގެ ހަދިޔާ ބެހުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކޮށް ރައްޔިތުންނަށް ވީހާވެސް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނޭގޮތަށް ކަންކަން ރާވާ ބައްޓަންކުރުމަށް ކުރިން 20 ފެބްރުއަރީވާ ބުރާސްފަތި ދުވަހުގެ 2:30ގައި ފަށަން ރޭވިފަވާ ހަރަކާތް މިހާރުވަނީ މިރޭގެ 8:30ގައި ފަށަން ބަދަލުކުރެވިފައި ކަމަށްވެސް ވަނީ ބުނެފައި އެވެ.މީގެ އިތުރުން ކޭސްތައް ބަހަން ނިންމިފާވާ ސަރަހައްދު ތަކަށްވެސްވަނީ ބަދަލު ގެނެވިފައިކަން ވަނީ ފާހަގަކޮށްފައި އެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް
- 20 ފެބްރުއަރީ 2025- 20:30 އިން 23:00 އަށް
- 21 ފެބްރުއަރީ 2025- ބަންދު
- 22 ފެބްރުއަރީ 2025- 10:00 އިން 16:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
- 23 ފެބްރުއަރީ އިން 27 ފެބްރުއަރީ 2025- 14:30 އިން 18:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް
މިވަގުތު މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ނިންމިފައިވާ ސަރަހައްދުތައް:
- މާލޭގައި: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް
- ވިލިމާލޭގައި: ވެމްކޯ ސައިޓް
- ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ
- ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު
އެސްޓީއޯއިން ބުނީ މަސަދަޅު ކޭސްތައް ބެހުމަށްޓަކައި އިތުރު މަރުކަޒުތަކެއް ގާއިމްކުރާ ނަމަ އެމައުލޫމާތު ރައްޔިތުންނާއި ވީ އެންމެ އަވަހަކަށް ހިއްސާކުރާނެ ކަމަށެވެ.
މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.
މިއަހަރުވެސް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބިވަޑައިގަންނަވާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ އަދި ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައި ކަމަށް އެސްޓީއޯއިން ބުނެއެވެ.