
--
ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ކާށީގެ އިތުރު ޝިޕްމެންޓެއް ގެނެސް ބާޒާރަށް ނެރެފި އެވެ.

އެސްޓީއޯއިން މިއަދު ބުނީ އިންޑިއާއިން ރާއްޖެ ގެނައި ދެވަނަ ބެޗްގެ ކާށި މިހާރު އެސްޓީއޯ ޕީޕަލް ޗޮއިސްއިން ވިއްކަން ފަށާފައިވާ ކަމަށެވެ.
އެގޮތުން ބާޒާރަށް ނެރުނު އައު ޝިޕްމެންޓާއި އެކު އެސްޓީއޯއިން ކާށި ކިލޯއެއް ވިއްކަނީ 20 ރުފިޔާއަށެވެ. ކާށީގެ ސައިޒަށް ބަލައި، ކާއްޓެއްގެ އަގު ޖެހޭނީ ގާތްގަނޑަކަށް 7 ރުފިޔާއާއި 9 ރުފިޔާއާ ދެމެދުގައެވެ.
އެސްޓީއޯޢިން ބާޒާރަށް ކާށި ނެރުނު އިރު ކާށި ލިބުން ދަތިވެ ލޯކަލް މާރުކޭޓުން ކާއްޓެއް މިވަގުތު ވިއްކަމުންދަނީ 40 ރުފިޔާއަށެވެ.
ރަމަޟާން މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ވަނީ ޚާއްޞަ ސަމާލުކަމެއް ދީގެން ތައްޔާރުވެފައެވެ. އެގޮތުން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރާވާފައިވާ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
ގުޅުންހުރި

ލަންކާގައި މިހާރު ތާށިވެފައިވަނީ 1741 ކޮންޓެއިނާ- ސައީދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ރަމަޒާން ބާޒާރުގެ އެއްލައްކަ ރުފިޔާގެ ލަކީޑްރޯގެ ނަސީބުވެރިއަކީ ހުސައިން އަމްޖަދު!
ގޭހުގެ އާ ޝިޕްމެންޓެއް ގެނެސް މާކެޓަށް ނެރެފި




