
13 ޓީމާއެކު "އެންމެންގެ ޑްރެގް ރޭސް 2025" އާދީއްތަ ދުވަހު ފަށަނީ
# އެންމެންގެ ޑްރެގް ރޭސް 2025# އައްޑޫ މޮޓޯސްޕޯޓްސް އެސޯސުއޭޝަން# ދިވެހި ކުޅިވަރު"އެންމެންގެ ޑްރެގް ރޭސް 2025"
އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ރާއްޖޭގެ އެންމެ އަގުބޮޑު މޮޓޯސްޕޯޓް އިވެންޓް "އެންމެންގެ ޑްރެގް ރޭސް 2025" ކުރިއަށް އޮތް ހަފްތާގެ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިއިވެންޓުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 13 ޓީމެއް ވަނީ ބައިވެރިވެފައެވެ.

23 ފެބުރުއަރީ 2025 އިން 25 ފެބުރުއަރީ 2025 ގެ ނިޔަލަށް ހުޅުދޫ މެދު ބަނދަރު މަގުގައި ބާއްވާ އިވެންޓުގައި މާލޭ ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީން ޓީމުތައް ބައިވެރިވެފައިވާއިރު، މިއަހަރުގެ މުބާރާތުގައި 13 ޓީމަކުން ޖުމްލަ 57 އެތްލީޓަކު ވާދަކުރާނެ އެވެ.
މީގެ އިތުރުން މުބާރާތުގައި ވާދަކުރާ ޓީމުތަކުން އައްޑޫ ސިޓީއަށް ގެންދާ ވެހިކަލްތައް ގެނައުމުގެ އިންތިޒާމް ލިއޯ ސްޓޯރުން ހަމަޖައްސައިދޭއިރު، ސިޓީ ޑެކުގެ ފަރާތުން 5 އިންސައްތަ ޑިސްކައުންޓް ރޭޓެއްގައި މުބާރާތުގައި ވާދަކުރާ ހުރިހާ ބައިވެރިންގެ ކެއިން ބުއިމުގެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގައި ޖުމްލަ 17 ކެޓަގެރީއަކުން 130،000 ރުފިޔާއަށް ވުރެ ގިނަ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ހުރިހާ އިނާމެއް ސްޕޮންސަރ ކޮއްފައިވަނީ ސްޕެއާރ ހަބުންނެވެ.
އިވެންޓް ކެޓަގަރީތައް ބަހާލެވިފައިވާގޮތާއި ފައިސާގެ އިނާމް:
1- މެޓިކް 160 ސީސީ:
އެއްވަނަ : 2،000 ރުފިޔާ
ދެވަނަ: 1،000 ރުފިޔާ
2- އާބަން ކޮމާޓާ 125 ސީސީ:
އެއްވަނަ: ބޯރް ސްޓާޓަރ ކޮމްބޯ ސެޓް
ދެވަނަ: 1،000 ރުފިޔާ
3- އާބަން ކޮމާޓާ 135 ސީސީ:
އެއްވަނަ: ބޯރް ސްޓާޓަރ ކޮމްބޯ ސެޓް
ދެވަނަ: 1،000 ރުފިޔާ
4- އާބަން ކޮމާޓާ 150 ސީސީ:
އެއްވަނަ: ބޯރް ސްޓާޓަރ ކޮމްބޯ ސެޓް
ދެވަނަ: 1،000 ރުފިޔާ
5- އާބަން ކޮމާޓާ 155 ސީސީ:
އެއްވަނަ: ބޯރް ސްޓާޓަރ ކޮމްބޯ ސެޓް
ދެވަނަ: 1،000 ރުފިޔާ
6- އާބަން ކޮމާޓާ އޯޕަން: (މި އިވެންޓަށް ކޮލިފައި ވާނީ އާބަން ކޮމާޓާ 125 ސީސީ، 135 ސީސީ، 150 ސީސީ އަދި 155 ސީސީ އިވެންޓްގެ އެއްވަނަ އަދި ދެވަނަ ) އެވެ.
އެއްވަނަ: ބޯރް ސްޓާޓަރ ކޮމްބޯ ސެޓް
ދެވަނަ: 2،000 ރުފިޔާ
7- ޕްރޯ ސްޓްރީޓް 135 ސީސީ
އެއްވަނަ: 8،000 ރުފިޔާ
ދެވަނަ: 4،000 ރުފިޔާ
8- ޕްރޯ ސްޓްރީޓް 150-160 ސީސީ:
އެއްވަނަ: 8،000 ރުފިޔާ
ދެވަނަ: 4،000 ރުފިޔާ
9- ސުޕަރ ޕްރޯ ސްޓްރީޓް
އެއްވަނަ: 8،000 ރުފިޔާ
ދެވަނަ: 4،000 ރުފިޔާ
10 -ޑްރެގް އަންޑަރބޯން އޯޕެން: ( މި އިވެންޓަށް ކޮލިފައި ވާނީ ޕްރޯ ސްޓްރީޓް 135 ސީސީ، ޕްރޯ ސްޓްރީޓް 150-160 ސީސީ އަދި ސުޕަރ ޕްރޯ ސްޓްރީޓް އިވެންޓްގެ އެއްވަނަ އަދި ދެވަނަ ) އެވެ.
އެއްވަނަ: 10،000 ރުފިޔާ
ދެވަނަ: 5،000 ރުފިޔާ
11 -ސުޕަރ ބައިކް 550-750 ސީސީ:
އެއްވަނަ: 5،000 ރުފިޔާ
ދެވަނަ: 3،000 ރުފިޔާ
12 -ސުޕަރ ބައިކް 750-1000 ސީސީ:
އެއްވަނަ: 5،000 ރުފިޔާ
ދެވަނަ: 3،000 ރުފިޔާ
13 -މޮޓޯ ސްޕްރީމް : (މި އިވެންޓަށް ކޮލިފައި ވާނީ ޕްރޯ ސްޓްރީޓް 135 ސީސީ، ޕްރޯ ސްޓްރީޓް 150-160 ސީސީ، ސުޕަރ ޕްރޯ ސްޓްރީޓް،ސުޕަރ ބައިކް 550-750 ސީސީ އަދި ސުޕަރ ބައިކް 750-1000 ސީސީ އިވެންޓްގެ އެއްވަނަ އަދި ދެވަނަ ) އެވެ.
އެއްވަނަ: 10،000 ރުފިޔާ
ދެވަނަ: 5،000 ރުފިޔާ
14 -ކާރު 2000
އެއްވަނަ: 5،000 ރުފިޔާ
ދެވަނަ: 2،000 ރުފިޔާ
15 -ކާރު 3500
އެއްވަނަ: 5،000 ރުފިޔާ
ދެވަނަ: 2،000 ރުފިޔާ
16 -ކާރު 4000
އެއްވަނަ: 5،000 ރުފިޔާ
ދެވަނަ: 2،000 ރުފިޔާ
17 -ކާރު އޯޕަން ( މި އިވެންޓަށް ކޮލިފައި ވާނީ ކާރު 2000، 3500 އަދި 4000 އިވެންޓުގެ އެއްވަނަ އަދި ދެވަނަ) އެވެ.
އެއްވަނަ: 10،000 ރުފިޔާ
ދެވަނަ: 5،000 ރުފިޔާ
މީގެ އިތުރުން މުބާރާތުގެ އެންމެ މެކޭނިކް ހޮވުމަށް ގަނަހެހިފައިވާއިރު، މި މަގާމު ހޯދާ ފަރާތައް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ސްޕެއަރ ހަބް އެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި ލިއޯ ސްޓޯރ، ފްރެޝް ޔީލްޑް ޕްރައިވެޓް ލިމިޓެޑް، ޗެނަލް ޝޭކް، އަދި ޕެއިންޓަރ ޗޮއިސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ ފުޑް އެން ބެވަރޭޖް ޕާޓްނަރު ސިޓީ ޑެކް އެވެ. އަދި މީގެ އިތުރުން ޕަބްލިކް ރިލޭޝަން ޕާޓްނަރއަކަށް ސިޑިބަރި ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓަނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ ފިރިހެން ޑިވިޝަން ޗެންޕިއަންކަން އޮޑި އެސްސީ އިން ހޯދައިފި

ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތްގެ އަންހެން ޑިވިޝަން ޗެންޕިއަންކަން ކުލަބު ހުޅުން ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު އާރުޑީއެލް ބަލިކޮށް ފެމެލީ ބޭކާސް ފައިނަލުން ޖާގަ ހޯދައިފި
