
--
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އިން ފްލޯޓިންގ ސޯލާ ޕީވީއާ ބެހޭ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފައެވެ.

އިއްޔެ ފެށި މި ތަމްރީން ޕްރޮގްރާމަކީ މިނިސްޓްރީގެ މުވައްޒަފުންނާއި، ޔުޓިލިޓީ ކުންފުނިތަކުގެ މުވައްޒަފުންނާއި އަދި ރެގިއުލޭޓަރީ އޮތޯރިޓީގެ މުވައްޒަފުންގެ ހުނަރާއި މަޢުލޫމާތު އިތުރުކުރުމަށް އަމާޒުކޮށްގެން ބޭއްވޭ ތަމްރީނެކެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ފްލޯޓިންގ ސޯލާ ޕީވީ ޓެކްނޮލޮޖީއާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން، މި ދާއިރާއިން ރާއްޖޭގައި ކުރިއަށް ގެންދެވިދާނެ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށްވެސް ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ސަރުކާރުން އިއާދަކުރަނިވި ހަކަތައަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކޮށްލެވެއެވެ. މި ތަމްރީން ޕްރޮގްރާމަކީ އެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވޭ ޙަރަކާތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ތަމްރީން ޕްރޮގްރާމް ނިމުމާއެކު، ބައިވެރިންނަށް ފްލޯޓިންގ ސޯލާ ޕީވީ ސިސްޓަމްތައް ފަރުމާކުރުމާއި، ބެހެއްޓުމާއި އަދި މެއިންޓެއިން ކުރުމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތާއި ތަޖުރިބާ ލިބިގެންދާނެ ކަމަށާއި މިއީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރިން ސިފަކުރެއެވެ.
ގުޅުންހުރި

ކްލައިމެޓް ޗޭންޖް ދާއިރާ އިން ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖެއިން ތެލަށްކުރާ ހަރަދުން އަހަރަކު 125 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ މަޝްރޫއުއެއް!

ރާއްޖޭގެ ފުރަތަމަ ބައިއެނުއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގެ ޓެކްނިކަލް އެކްސްޕަރޓް ރިވިއު ފަށައިފި
