
ގދ. އަތޮޅުގެ ބައެއް ފަޅުރަށްތަކުގެ ޙާލަތު ބައްލަވައިލެއްވުމަށް ވަޒީރު މާރިޔާ އެރަށްތަކަށް!
# ދަނޑުވެރިކަމާއި ބެހޭ ވުޒާރާ# ގދ އަތޮޅު ކައުންސިލް--
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބޭހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ގދ. އަތޮޅުގެ ބައެއް ފަޅުރަށްތަކަށް ޒިޔާރަތްކުރައްވައި، އެރަށްތަކުގެ ޙާލަތު ބައްލަވައިލައްވައިފިއެވެ.

އެކަމަނާ ގދ އަތޮޅުގެ ފަޅުރަށްތަކަށް ޒިޔާރަތްކުރައްވާފައި މިވަނީ، މިހާރު އެކަަނާ ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން އެކަމަނާވަނީ އެ އަތޮޅުގެ ހުޅެއްދޫ، ކާށިހުޅުދޫ(ކައުޓި ހުޅެދޫ) އަދި ހަވޮޑިގަލާ އަށް ޒިޔާރަތްކުރައްވާ އެރަށްރަށުގެ ހާލަތު ބައްލަވާލައްވަވާފައެވެ.
ވަޒީރުގެ ގދ އަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެއަތޮޅުގެ އަތޮޅުކައުންސިލްގެ ދައުވަތަކަށް ކުރައްވަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެއަތޮޅުގެ ރަށްރަށުގައި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކޮށް، ދަނޑުވެރިކަން އިތުރަށް ކުރިއެރުވުމާއި ބެހޭގޮތުން ކައުންސިލްތަކާއިއެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވެއެވެ.
މިއީ ވަޒީރު ޑރ. މަރްޔަމް މާރިޔާ، އެ ވުޒާރާ އާއި ހަވާލުވެވަޑައިނެވުމަށްފަހު، އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ގުޅުންހުރި

ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް ތަނެއް ގާއިމް ކުރަނީ

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް ލީޑް ފާމަރުން ތަމްރީންކުރަނީ

އަތޮޅު ކައުންސިލުން މަސައްކަތްކުރަނީ އެންމެނާއި ގުޅިގެން އަތޮޅުގެ ކުރިއެރުމަށް - ފައިހަތު
