logoEN
Sto top
 ޗެންޕިއަންސް ލީގު: އޭސީ މިލާން ކަޓުވާލުމަށްފަހު ފެނޫޑް ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފި

ޗެންޕިއަންސް ލީގު: އޭސީ މިލާން ކަޓުވާލުމަށްފަހު ފެނޫޑް ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

2/18/2025, 7:42:48 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# އޭސީ މިލާން# ފެނޫޑް# ޔުއެފާ ޗެމްޕިއަންސްލީގު

ފެނޫޑް އާއި އޭސީ މިލާން ވާދަކުރި މެޗުގެ ތެރެއިން..

ޔުއެފާ ޗެންޕިއަންސް ލީގު ޕްލޭއޮފް ދެވަނަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި އިޓަލީގެ އެސީ މިލާނާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ ފެނޫޑް އިން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

Wamco

މިދެޓީމުގެ މެދުގައި ކުޅެވުނު ޕްލޭއޮފް ފުރަތަަމަ ލެގްގެ މެޗު ފެނޫޑްގެ ދަނޑުގައި 1-0 ގެ ނަތީޖާއަކުން އެޓީމު ކާމިޔާބުކޮށްފައި އޮތުމާއެކު މިމެޗަށް ނުކުތްއިރު. މެޗު އެއްވަރުކޮށްލައިގެން ވެސް ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެޓީމަށް އޮތެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ވަރަށް ކުރީކޮޅު އޭސީ މިލާނުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިއަހަރުގެ ޖެނުއަރީ ޓްރާންސްފާގައި އެޓީމާއި ގުޅުނު ފެނޫޑްގެ ކުރީ ފޯވާޑް ސެންތިއާގޯ ތޯމަސް ހިމެނޭޒް އެވެ.

މީގެ އިތުރުން ވެސް މިހާފުގައި އޭސީ މިލާނުން ވަނީ ފެނޫޑްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެޓީމަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުކުރެވި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އޭސީ މިލާން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ އޭސީ މިލާނުންނެވެ. ނަމަވެސް އެޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ފަހުހާފު ފެށިގެން ހަވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ތިއޯ ހެނާންޑޭޒަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

ފެނޫޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ޖޫލިއަން ކަރަންޒާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside