logoEN
Sto top
އަމިއްލަ ދަނޑުގައި ރަޔޯ ވަޔޮކާނޯ ބަލިކޮށް ބާސެލޯނާ އެއްވަނައަށް

އަމިއްލަ ދަނޑުގައި ރަޔޯ ވަޔޮކާނޯ ބަލިކޮށް ބާސެލޯނާ އެއްވަނައަށް

ހަސަން ޝަމްއޫން

logo

2/18/2025, 3:30:30 AM

# ސްޕެނިޝް ލަ ލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު# ބާސެލޯނާ# ރަޔޯ ވަޔޮކާނޯ

ރަޔޯ ވަޔޮކާނޯ އާއި ބާސެލޯނާ ވާދަކުރި މެޗުގެ ތެރެއިން.

ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ރަޔޯ ވަޔޮކާނޯ އަތުން މޮޅުވެ ބާސެލޯނާ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން ސެވިއްޔާ އަތުން މޮޅުވެފައިވާއިރު، ލީގުގައި ރަޔޯ ވަޔޮކާނޯ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ރެއާލް ވަލެޑޮލީޑް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ބާސެލޯނާ އިން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮސްކީ އެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 23 މެޗުގައި އޭނާ ކާމިޔާބުކުރި 20 ވަނަ ލަނޑެވެ.

މީގެ އިތުރުން ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ރަޔޯ އިން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އިވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން މިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 24 މެޗުން ބާސެލޯނާއަށް 51 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް 24 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ 24 މެޗުން ލިބުނު 50 ޕޮއިންޓާއެކުގައެވެ. އަދި މިމެޗުން ބަލިވި ރަޔޯ ވަޔޮކާނޯ އިން ލީގުގައި ކުޅުނު 24 މެޗުން ލިބުނު 35 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަ ވަނައިގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside