logoEN
Sto top
ޓޮޓެންހަމް އަތުން ބަލިވެ ޔުނައިޓެޑް 15 ވަނައަށް ވެއްޓިއްޖެ

ޓޮޓެންހަމް އަތުން ބަލިވެ ޔުނައިޓެޑް 15 ވަނައަށް ވެއްޓިއްޖެ

ހަސަން ޝަމްއޫން

logo

2/16/2025, 7:11:18 PM

# މެންޗެސްޓަރ ޔުނައިޓެޑް# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރެމިއާ ލީގު# ޓޮޓެންހަމް

މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ޓޮޓެންހަމް އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް ލީގު ތާވަލުގެ 15 އަށް ވެއްޓިއްޖެއެވެ.

Wamco

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ޓޮޓެންހަމް އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ބްރެންޓްފޯޑް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓޮޓެންހަމް އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ޔުނައިޓެޑުގެ ގަނާޗޯ އަދި ހޮއިލަންޑްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، ޓޮޓެންހަމް އިން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމު އިިގިރޭސި މިޑްފީލްޑަރު ޖޭމްސް މެޑިސަން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދީ ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 25 މެޗުން ޓޮޓެންހަމްއަށް 30 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 12 ވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑް ލީގުގައި ކުޅުނު 25 މެޗުގެ ތެރެއިން 12 މެޗުން އެޓީމު ބަލިވެފައިވާއިރު، އަށް މެޗުން މޮޅުވެ އަނެއް ފަސް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި މިއީ 1973/74 ވަނަ ސީޒަނުގައި ފުރަތަމަ 25 މެޗުގެ ތެރެއިން 13 މެޗުން ބަލިވި ފަހުން ލީގުގައި އެޓީމުގެ އެންމެ ދަށް ނަތީޖާއެވެ. އަދި 29 ޕޮއިންޓާއެކު ލީގު ތާވަލުގެ 15 ވަނައިގައި އެޓީމު މިވަގުތު އޮތްއިރު، ލީގުގެ ގަދަ 10 ޓީމުގެ ތެރޭގައި ހިމެނުމަށްވުރެ ރެލިގޭޓްވުމުގެ ބިރު އެޓީމަށް ވަނީ ބޮޑުވެފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside