
މަރްމޫޝްގެ ހެޓްރިކާއެކު ނިއުކާސަލް އަތުން މެންޗެސްޓާ ސިޓީއަށް ފަސޭހަ މޮޅެއް
# ނިއުކާސަލް ޔުނައިޓެޑް # އިނގިރޭސި ޕްރިމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓާރ ސިޓީމަރްމޫޝް (މ) ނިއުކާސަލް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
އިނގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށްޖެހިލައިފިއެވެ.

ލީގުގައި އެންމެ ފަހުން މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި 5-1 ގެ ތަފާތުބޮޑި ނަތީޖާއަކުން އާސެނަލް އަތުން ބަލިވެފައިވާއިރު، ނިއުކާސަލް އެންމެ ފަހުން ކުޅުނު މެޗުގައި ފުލަމް އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މެންޗެސްޓާ ސިޓީ އިން ތިންލަނޑުގެ ލީޑެއް ހޯދިއިރު، އެޓީމުގެ މި ތިން ލަނޑު ވެސް ކާމިޔާބުކޮށްދިނީ މިސްރު ފޯވާޑް އުމަރު މަރްމޫޝް އެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ކީޕަރު އެޑަސަން ތަނަވަސްކޮށްދިން ފުރުސަތެއްފައި މަރްމޫޝް ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައެވެ.
މިމެޗުގައި މަރްމޫޝް އޭނާގެ ހެޓްރިކް ފުރިހަމަކުރި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ސަވީނިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެންޗެސްޓާ ސިޓީ އިން މިމެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޖޭމްސް މެކްތީ އެވެ. މިއީ ފޯވާޑް އެރްލިންގ ހަލާންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 25 މެޗުން މެންޗެސްޓާ ސިޓީއަށް 44 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. އަދި މިމެޗުން ބަލިވި ނިއުކާސަލް ޔުނައިޓެޑުން ލީގުގައި ކުޅުނު 25 މެޗުން ލިބުނު 41 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތް ވަނައިގައެވެ.
ފަހުގެ

"ނާމް" ޤައުމުތަކުން އެއްބައިވެ، ސުލްޙައާއި، އިސްތިގުލާލާއި، އިންސާފު ދިފާޢުކުރުމަށް އަބްދުއްރަހީމް ގޮވާލައިފި

އުކުޅަހު މަގު ހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ

އިޒްރޭލުގެ އަނިޔާވެރިކަން އިންތިހާއަށް: ކުޅެން ތިބި ކުދިބަޔަކަށް އަމާޒުކޮށް ބޮން އަޅައި 8 ކުޑަކުދިން ޝަހީދުކޮށްލައިފި

މިވަގުތާއި ހަމައަށް ޣައްޒާއިން މިއަދު 43 މީހަކު ޝަހީދުކޮށްލައިފި: އެންމެ ގިނަ ބަޔަކު ޝަހީދުކޮށްލީ ޚާން ޔޫނުސްއިން!

ރާއްޖޭގެ ފުރަތަމަ ބައިއެނުއަލް ޓްރާންސްޕޭރަންސީ ރިޕޯޓުގެ ޓެކްނިކަލް އެކްސްޕަރޓް ރިވިއު ފަށައިފި
