logoEN
Sto top
އެސްޓީއޯއިން ހެޔޮ އަގުގައި މިހާރު ފިޔާ ލިބޭނެ: ކިލޯއެއް 16 ރުފިޔާއަށް!

އެސްޓީއޯއިން ހެޔޮ އަގުގައި މިހާރު ފިޔާ ލިބޭނެ: ކިލޯއެއް 16 ރުފިޔާއަށް!

އަހުމަދު ޝުރާއު

logo

2/15/2025, 4:41:34 PM

# އެސްޓީއޯ

--

ކުރިޔަށް އޮތް ރޯދަ މަހާއި ދިމާކޮށް އެސްޓީއޯއިން ހެޔޮ އަގެއްގައި ފިޔާ ވިއްކަން ފަށައިފިއެވެ.

Wamco

އެސްޓީއޯއިން މިއަދު ބުނީ އެކުންފުނިން ވިއްކާ ފިޔާ ކިލޯއެއް 16ރ. އަށް އުޅޭ އިރު 25 ކިލޯގެ ފިޔާ ބަސްތާއެއް ލިބޭނީ 350ރ. އަށް ކަމަށެވެ. އަދި 10 ބަސްތާއަށް ވުރެ ގިނައިން ގަންނަ ނަމަ، ބަސްތާއެއް 340ރ. އަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ ފިހާރަތަކުން މި އަގުތަކުގައި މިހާރު ފިޔާ ލިބޭނެ އެވެ.

އެސްޓީއޯއިން އިތުރަަށް ބުނީ މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެކަމަށެވެ.

މިއަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ހެޔޮ އަގެއްގައި ފިޔާ ވިއްކަން ފަށައިފިއެވެ.

އެކުންފުނިން ހެޔޮ އަގުގައި ފިޔާ ވިއްކަން ފެށި އިރު ބާޒާރުގައި މިވަގުތު ފިޔާ ކިލޯއެއް އުޅެނީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ.

މީގެއިތުރުން އެސްޓީއޯއިން ގެނައި ލުނބޯއާއި ކާށީގެ ޝިޕްމެންޓުވެސް މިއަދުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެން ހުންނާނެއެވެ. މީގެ އިތުރުން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:

އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު

ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ

ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު

ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside