
އަމީނީމަގުގެ ތާރުގަނޑަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ނިމުކަކާއި ގާތަށް!
# އަމީނީ މަގު--
ކުރީ ސަރުކާރުން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތާރު އެޅި އަމީނީމަގުގެ ބައެއް ސަރަހައްދުތަކަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތައް ނިމުމަކާއި ގާތްވެއްޖެ އެވެ.

އަމީނީމަގުގެ ބައެއް ސަރަހައްދުތަކަށް ގެއްލުން ލިބިފައިވާތި އެސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް އާރްޑީސީން ފެށީ މިދިޔަ މަހުގެ 11 ގައި އެވެ.
މި މަސައްކަތާއި ގުޅޭ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކުރަމުން އާރްޑީސީން ބުނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ އަމީނީމަގުގައި އަޅާފައިވާ ތާރަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ނިމި، މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ކުރަމުން ކަމަށެވެ.
އަމީނީ މަގު ތާރު އަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތް ފެށީ ކުރީ ސަރުކާރުން އާރްޑީސީއާއި ހަވާލުކޮށްގެންނެވެ. މި މަސައްކަތް ދިގުލައިގެން ގޮސް ނިމުނީ މިދިޔަ އަހަރުގެ ތެރޭގައި އެވެ. ނަމަވެސް މަސައްކަތް ނިމުނު އިރު އަމީނީ މަގު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އެޅި ތާރުގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި އެވެ.