
ފޮޓޯ : ރާއްޖެ އެމްވީ
ރާއްޖޭގެ ބާޒާރުގައި އަގު އުފުލިފައިވާ ކާށީގެ ޝިޕްމެންޓެއް އެސްޓީއޯއިން ރާއްޖެއިން ބޭރުން ރާއްޖެ ގެނެސް ވިއްކަން ތައްޔާރުވެއްޖެ އެވެ.

އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެކުންފުނިން ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީގެން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރޭވިފައެވެ. މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެކަމަށް ވަނީ ބުނެފައި އެވެ.
މިގޮތުން މިވަގުތު މާކެޓްގައި ކާށީގެ އަގު 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައި ހުރުމާއި އެކު އެކަމަށް ލުއެއް ހޯދައިދިނުމަށް އެސްޓީއޯއިން އެތެރެކުރި ފުރަތަމަ ބެޗްގެ ކާށި މިހާރު ވަނީ އިންޑިއާއިން ރާއްޖެއަށް ގެނެވިފައި ކަމަށް އެސްޓީއޯއިން ބުނެއެވެ.
މި ކާށީގެ ޝިޕްމެންޓު މާދަމާ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާއިރު އެތަކެތި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން މިފަހަރު ކާށި ވިއްކުމަށް ކަނޑައަޅާފައިވާ އަގަކީ 5 ރުފިޔާއެވެ.
މީގެއިތުރުން އެސްޓީއޯއިން ގެނައި ލުނބޯވެސް ހޮނިހިރު ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެން ހުންނާނެއެވެ.
މީގެ އިތުރުން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:
އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
ގުޅުންހުރި
.webp&w=3840&q=75)
ސަރުކާރުން ދޫކުރާ މަސްދަޅުކޭސް ދޫކުރާ ގަޑިތަކާއި މަރުކަޒުތަކަށް ބަދަލެއް!

އެސްޓިއޯއިން ފިޔާ, ބިސް އަދި އަލުވިވެސް ބާޒާރަށް ނެރެފި: އަގު ބޮޑުތަނުން ހެޔޮ!
.jpeg&w=3840&q=75)
އެސްޓީއޯއިން ހެޔޮ އަގުގައި މިހާރު ފިޔާ ލިބޭނެ: ކިލޯއެއް 16 ރުފިޔާއަށް!
