logoEN
Sto top
ރައިވެރިބޭ މައިޒާނާއި މުއިވެޔޮދޮށު މައިޒާން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ

ރައިވެރިބޭ މައިޒާނާއި މުއިވެޔޮދޮށު މައިޒާން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ

އަހުމަދު ޝުރާއު

logo

2/12/2025, 4:01:23 PM

# މާލެ ސިޓީ ކައުންސިލް

--

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، ރައިވެރިބޭ މައިޒާނާއި މުއިވެޔޮދޮށު މައިޒާން މަރާމާތު ކުރުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އަލުން އިޢުލާން ކޮށްފިއެވެ.

Wamco

މިއީ މި ދެ މައިޒާނުންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ދެވަނަ އިޢުލާނެވެ. ފުރަތަމަ ފަހަރު އިޢުލާން ކޮށްގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލްކޮށްފައެވެ.

ދެ ވަނަ ފަހަރަށް ކުރި އިޢުލާންގައި ވެސް ބުނެފައި ވަނީ، މި ދެ މައިޒާނުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުގެ މަޢުލޫމާތު ސާފުކުރުން މި މަހުގެ 16 ވަނަ ދުވަހު9:00 ގައި ހ. ހުޅުގަލި، ފުރަތަމަ ފަންގިފިލާގައި ހުންނަ މާލެ ސިޓީ ކައުންސިލް އިދާރާއަށް އައުމަށެވެ. އަދި ބީލަން ހުށަހެޅުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު 9:00 ގައި ހ. ހުޅުގަލި، ފުރަތަމަ ފަންގިފިލާގައި ހުންނަ މާލެ ސިޓީ ކައުންސިލްގައެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑި ޖެހުމުގެ ފަހުން، އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށް ވެސް އިޢުލާންގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ، ދިވެހި ކުންފުނި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside