logoEN
Sto top
ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މޭޔަރ އާދަމް އާޒިމް އާއި ބައްދަލުކުރައްވައިފި

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މޭޔަރ އާދަމް އާޒިމް އާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

2/12/2025, 3:58:29 PM

# މާލެ ސިޓީ ކައުންސިލް

--

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ ބާލަ ސުބްރަމާނިއަމް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްއާ ބައްދަލުކުރައްވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މާލެ ސިޓީ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމާ ހަވާލުވެވަޑައިގެން މިވީ މަދު ދުވަސް ކޮޅުތެރޭގައި މާލެ ސިޓީގެ ކަންކަން ހައްލުކުރުމަކަށް ޓަކައި ގިނަގުނަ މަރުހަލާތަކެއް ކަޑައްތު ކުރައްވައިފައިވާކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ކަންކަން ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން ކުރައްވަން ރާވާފައިވާ ކަންކަމުގެ ތެރޭގައި، ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުމާއި މާލެ ސިޓީ ފެހިކުރުމުގެގޮތުން ގަސްއިދުމާއި މަގުތަކާއި ސޯޝަލް ކަންކަން ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާ ލައްވައި މޭޔަރ ޢާޒިމް ވިދާޅުވީ، މި ދެ ޤައުމުގެ ދުވަސްވީ ގުޅުމުގެ ސަބަބުން، ދެ ޤައުމު އިތުރަށް ކުރިއަރައި، ކުރިޔަށް އޮތާގައި ދެ ޤައުމަށް ފާގަތިކަން ލިބިގެންދާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ސަފީރު ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއެކު މިހާރު އޮތް ގުޅުން ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރަށް ބަދަހިކުރައްވާނެ ކަމަށާއި ކައުންސުލުން ކުރިއަށްގެންދާ އެކިއެކި މަސައްކަތްތަކަށް ދެވެންއޮތް އެއްބާރުލުން ދެއްވާނެކަމަށެވެ .

މި ބައްދަލުވުމުގައި މޭޔަރ ޢާޒިމްގެ އިތުރުން، ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside