logoEN
Sto top
މާލޭއިން ލަފާ ފުރާ ފަރާތްތަކަށް ގެމަތަތަކެއް ހަދަނީ

މާލޭއިން ލަފާ ފުރާ ފަރާތްތަކަށް ގެމަތަތަކެއް ހަދަނީ

އަހުމަދު ޝުރާއު

logo

2/5/2025, 2:12:12 PM

# މާލެ ސިޓީ ކައުންސިލް

ފޮޓޯ : މިހާރު ނޫސް

މާލެއަށް ޒިޔާރާތް ކުރާ ފަރާތްތަކަށާއި، މާލެއިން ފުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ބަނދަރުމަތީގައި ގެމަތަތަކެއް ހަދަން މާލެ ސިޓީ ކައުންސިލުން ރާވަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލް މޭޔަރ، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Wamco

އެސްއެސްޓީވީ އަށް ދެއްވި އިންޓަވިއު އެއްގައި މޭޔަރ އާޒިމް ވިދާޅުވީ، މާލެ ސިޓީ އަކީ ވަރަށް ގިނަ ރަށްރަށުން ވަރަށް ގިނަ ފަރާތްތަކެއް ޒަރޫރީ ބޭނުންތަކަށް އަންނަ ތަނެއް ކަމަށާއި، މިގޮތަށް އަންނަ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ފަރާތްތަކާއި، މާބަނޑު މީހުން އަދި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

އަދި އެހެން ކަމުން އެމީހުން ވާރެއާއި އަވިން ނިވާ ވާނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި އެކަމަށް ޓަކައި ކައުންސިލުން ކަންތައްތަކެއް ރާވަމުންދާ ކަމަށާއި ވަރަށް އަވަހަށް އެކަމަށް އެދެވޭ ހައްލެއް ހޯދެނޭ ކަމަށްވެސް މޭޔަރގެ ވާހަކަގައި ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ވިދާޅުވީ، ބައެއް ސަރަހައްދުތަކުގައި ހުރި ޖާގައިގެ ދަތިތަކައް ބަލައި އެ ތަންތަނަށް ވެސް އެކަށީގެންވާ ހިތްފަސޭހަ ގޮތެއް ހޯދައިދެވޭނެ ކަމަށެވެ.

މީގެ އިތުރުން މާލޭގެ މަގުތަކަކީ ސާފު ތާހިރު ތަންތަނަށް ހެދުމަށް ޓަކައި މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އިމާރާތްތަކާއި ގެތަކުން މަގުތަކަށް ފެން ފައިބާ މައްސަލައާއި ގުޅޭ ގޮތުންވެސް މި އިންޓަވިއުގައި މޭޔަރ ވަނީ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ވިދާޅުވީ، މިގޮތަށް ހުންނަ ތަންތަނުގެ 80 އިން ސައްތަ ތަންތަން މިހާރު ވާނީ ރަނގަޅު ކުރެވިފައި ކަމަށާއި، މިކަމަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށް މޭޔަރ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، މިގޮތަށް މި މައްސަލަ ދިމާވާ ގޮތަށް ހުންނަ ތަންތަން މާލެ ސިޓީ ކައުންސިލުން އެންގުމުގެ ކުރިން، އެކަމެއް ހައްލު ކުރުމަށްވެސް މޭޔަރ އެދިވަޑައިގެންނެވިއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside