logoEN
Sto top
އާޒިމްގެ އަމާޒު މާލެ ސިޓީ ކައުންސިލް ރާއްޖޭގައި އޮތް އެންމެ ޤާބިލް އިދާރާއަށް ހެދުމަށް!

އާޒިމްގެ އަމާޒު މާލެ ސިޓީ ކައުންސިލް ރާއްޖޭގައި އޮތް އެންމެ ޤާބިލް އިދާރާއަށް ހެދުމަށް!

އަހުމަދު ޝުރާއު

logo

2/11/2025, 6:06:34 PM

# މާލެ ސިޓީ ކައުންސިލް

--

މާލެ ސިޓީ ކައުންސިލަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ޤާބިލް އަދި އެންމެ ހިތްހަމަޖެހިގެން ޚިދުމަތް ދެމުންދާ އިދާރާއަކަށް ހެދުމަކީ އަޅުގަނޑުގެ އެންމެ މުހިންމު އަމާޒާއި މަޤްޝަދު ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

Wamco

މޭޔަރ އާޒިމް މިފަދައިން ވިދާޅުވެފައި ވަނީ މާލެ ސިޓީކައުންސިލްގެ އައު ޢިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުންނެވެ.

މޭޔަރ ޢާޒިމް ވަދާޅުވީ، މާލެ ސިޓީ ކައުންސިލްގެ އެކި މުވައްޒަފުން އެކިތަންތަނުގައި ތިބެގެން މަސައްކަތް ކުރަން ޖެހުމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތި އުދަނގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލް ނޫނީ އޮފީހެއް ނެތް ކައުންސިލެއް ރާއްޖޭގައި ނެތްކަމަށެވެ.

ހަމައެކަނި އަމިއްލަ އޮފީހެއް ނެތް ކައުންސިލަކީ މާލެ ސިޓީ ކައުންސިލްކަން ފާހަގަ ކުރައްވައި މޭޔަރ ޢާޒިމް ވިދާޅުވީ، ދަތި އުދަނގޫ މަރުހަލާއެއްގައި މަސައްކަތް ކުރަމުން މި ވަގުތު ދާއިރު ކައުންސިލްގެ ހުރިހާ މެމްބަރުންގެ ފަރާތުން ވަރަށް ވެސް ބޮޑު އެހީތެރިކަމެއް ލިބިވަޑައިގަންނަވާ ކަމަށެވެ. އައު އިމާރާތުގެ މަސައްކަތްތައް މި އަދު ފެށިފައިވުމުން ކައުންސިލަރުންނަށާއި ވަކިން ޚާއްޞަކޮށް ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މީގެ އިތުރުން މޭޔަރ ވިދާޅުވީ ޚިދުމަތުގެ ރޮނގުން މާލެ ސިޓީ ކައުންސިލަށް ވުރެ ރަނގަޅަށް ޚިދުމަތްދޭ އޮގަނައިޒޭޝަނަށް ނެތް މިންވަރަށް މާލެ ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުން ނާއި މުވައްޒަފުން ގުޅިގެން ކޮށްދެވެން ހުރި ހުރިހާ ކަމެއް އިރާދަފުޅާއެކު ކޮށްދެއްވާނެ ކަމަށެވެ. އަދި ވޭތުވެދިޔަ 15 އަހަރު އުފުލި ބުރައާއި ތަކުލީފު ނިމުމަކަށް ގެނެވި ކުރިއަށް އޮތް 8 ނުވަތަ 10 މަސް ދުވަހުގެ ތެރޭ މި އޮފީހަށް ވަދެވޭ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މޭޔަރ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތައިސޭ ކޮށީގައެވެ. 20 ހާސް އަކަފޫޓުގެ ބިއްމެއްގައި ޢިމާރާތް ކުރާ މި އައު އޮފީސް ޢިމާރާތުގައި ހުންނާނީ ދެ ފަންގިފިލާއެވެ. މި ވަގުތު މާލެ ސިޓީ ކައުންސިލުން ޚިދުމަތް ދެމުން އަންނަނީ އެކި ސަރަހައްދު ތަކުގައި ހުރި 9 އިމާރާތެއްގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside