logoEN
Sto top
މުލަކު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިޔަށް!

މުލަކު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިޔަށް!

އަހުމަދު ޝުރާއު

logo

2/12/2025, 3:53:29 PM

# އާރްޑީސީ

--

މ މުލަކު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީން ހާމަކޮށްފި އެވެ.

Wamco

އާރްޑީސީން މިއަދު ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނީ މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ނޫރާނީ ހިނގުމުގައި ކާރބް ސްޓޯން ޖެހުމަށް މަގު ކޮނުމުގެ މަސައްކަތް މިހާރު ކުރެވި އިރުދޭ އަދި ބަހާރީ މަގުގައި މަގު ބައްތީގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫއުގައި 6.077 ކިލޯ މީޓރުގެ 6 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. އަދި ފެންހިންދާ ނިޒާމް ގާއިމް ކުރުމާއި ޕޭވްމަންޓް ހެދުމާއި މަގުތަކުގައި ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް މިމަޝްރޫއުގެ ދަށުން ކުރާނެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside